މާފުށި ކައުންސިލުން ބުނީ ސްކޫލް އޭސީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ވަނީ ސޮއިކޮށްފައެވެ.
މި މަސައްކަތުގެ ދަށުން ސްކޫލްގެ ހުރިހާ ކްލާސްރޫމަކާއި މަލްޓި ޕާޕަސް ހޯލްވެސް އޭސީ ކުރާނެކަމަށް އެ މާފުށީ ކަައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ މިކަމަށް 79 އޭސީ ހޯދަންޖެހޭއިރު މިކަމަށް މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށެވެ. އަދި އޭސީތައް ބަލަހައްޓާ މެއިންޓެނަންސްގެ މަސައްކަތްވެސް ކުރަން ނިންމާފައިވަނީ ކައުސިލްގެ ހަރަދުގައެވެ.
މާފުށި ކައުންސިލުން ބުނީ އަމާޒަކީ ސްކޫލް އޭސީ ކުރުމުގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ނިންމާލުންކަމަށެވެ. އަދި މިކަމަށް ސްކޫލްގެ ކަރަންޓަށް ބައެއް ބަދަލު ގެންނަން ޖެހޭތީ އެ މަސައްކަތްވެސް ކުރަމުން އަންނަކަން ކައުސިލުން ފާހަގަކުރިއެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރާނެކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ. މި ފެށޭ ދިރާސީ އަހަރާއި އެކު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަން ފަށާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަން ދެެެއްވާ ދެ ކަމުގެ ތެރޭގައި ސްކޫލްތައް އޭސީ ކުރުން ހިމެނޭކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު މިމަހުގެ ތެރޭގައި ފައްޓަވާނެކަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިއަހަރު ބޮޑު ޗުއްޓީއަށް ފަހު އަންނަ އާދިއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފަށާނައެވެ.