ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި
މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.
Advertisement

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 9353.40 ރުފިޔާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރު 7140 ދިވެހި ރުފިޔާއަށް ދަށްކޮށްފައެވެ. އޭގެ ކުރިން، މިދިޔަ އަހަރު އޯގަސްޓް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަކީ 7151.90އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. ނިސާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގައި މަދު މީހަކު މެނުވީ ފިތުރު ޒަކާތް ދައްކާ ނަމަވެސް، ވަރަށް ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަވާ ކަމަށް މީގެ ކުރިން ހުކުރު ހުތުބާގައިވެސް ވަނީ ބުނެފައެވެ.

އެހެންކަމުން ކުޅަދާނަކަން ލިބިގެންވާ އެންމެހާ މީހުން މުދަލު ޒަކާތް ދެއްކުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް