ads
ރައީސީގެ ޖަނާޒާގައި ފެނިގެން ދިޔައީ ލޯތްބާއި އޯގާތެރިކަން
ރައީސީގެ ޖަނާޒާގައި ރައީސްގެ ހާއްސަ މަންދޫބު ބައިވެރިވެވަޑައިގެންފި
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އަވަހާރަވި އިރާންގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާގައި ލޯކަލް ގަވަމެންޓު މިނިސްޓަަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގެންފި އެވެ.
Advertisement

އީރާންގެ އީސްޓް އަޒެރުބައިޖާން ޕްރޮވިންސްގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު އެނބުރި ވަޑައިގަންނަވަނިކޮށް ރައީސީ ހެލިކޮޕްޓަރު ވެއްޓުނީ އީސްޓް އަޒެރުބައިޖާން ޕްރޮވިންސްގެ ދެ ސިޓީ ކަމަށްވާ ވަރުޒަގާން އާއި ޖޮލްފާ ދެމެދު އޮންނަ ދިޒްމާރު ޖަންގަލި ތެރެއަށެވެ.

އެ ވަގުތު ހެލިކޮޕްޓަރުގައި ރައީސީގެ އިތުރުން އެމަނިކުފާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުالله ހައިން އާއި ޕްރޮވިންސްގެ ގަވަރުނަރާއި, ރައީސީގެ ބޮޑީގާޑާއި އޭގެ އިތުރުން ވެސް ބޭފުޅުންތަކެއް ތިއްބެވި އެވެ.

ރައީސީ އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރުމުގެ ގޮތުން މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އިރާންގެ ރައީސްގެ ޖަނާޒާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އާދަމް ޝަރީފް ބައިވެރިވެވަޑައިގަތުމަށްފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސީ އަވަހާރަވުމުން މުޅި އިރާން ވެސް ހިތާމަ ކުރަމުންދާ ކަމަށާއި އެމަނިކުފާނުގެ ޖަނާޒާއިން ވެސް އެ މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން އިރާނުގެ ރައްޔިތުންގެ ހިތުގައި ރައީސީއަށް ދެވިފައިވާ ލޯތްބާއި ގަދަރު ހާމަވެގެން ހިނގައްޖެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ރައީސީ އަވަހާރަވުމުން އިރާންގ ރޫހާނީ ލީޑަރު އަލް-ހާމަންއީ ވަނީ, ރައީސް ކަމުގެ މަގާމުގެ މަސްއޫލިއްޔަތުތައް, ފުރަތަމަ ނައިބު ރައީސް މުޙައްމަދު މުހްބިރާ ހަވާލު ކުރައްވާފަ އެވެ. އަދި, ހިތާމަ ފާޅު ކުރުމުގެ ގޮތުން ފަސް ދުވަސް އިލާނުކުރައްވާފަ އެވެ. 

ރައީސީ އަވަހާރަވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އީރާނަށް ކުރިމަތިވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި ބައިވެރިވާކަން ހާމަކުރަމުންނެވެ.  

އިރާންގެ އަށް ވަނަ ރައީސް, ރައިސީ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޯގަސްޓް، 2021 ގަ އެވެ. އެމަނިކުފާނު ވަނީ އިރާނުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު 2014 އިން 2016 ގެ ނިޔަލަށް ފުރުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް