މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް ނަމަވެސް މިނިސްޓަރު ވަނީ މިހާރުވެސް މިނިސްޓްރީން ދަނީ އީޕީއޭއަށް ބޭނުންވާ މުހިއްމު ވަސީލަތްތައް ފޯރުކޮށްދެމުން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެތަނަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދާ އެތަން އެއީ ވީހާވެސް އިންޑިޕެންޑެންޓްކޮށް މަސައްކަތް ކުރެވޭނެ ތަނަކަށް ހެދުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ތޯރިގު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި ހިމާޔަތްކުރަން ޖެހޭ އެކި ސަރަހައްދުތައް ދެނެގަތުމަށްޓަކައި އެސަސްމަންޓްތަކެއް މިހާރުވެސް ކުރިއަށް ގެންދާކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. އަދި މި އެސެސްމަނތް ތައް ހަދަނީ މުޅި ރާއްޖެ އެއްކޮށް ނޫންކަމަށާއި އެ މަސައްްކަތްކުރަނީ އެކި ބައި ބަޔަށް ބަހާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އެ ތަންތަން ދެނެގަތުމުގެ މަސައްކަތަކީ ވަރަށް ދިރާސާތައްކޮށް އަދި ވަަރަށް ފުޅާ ދާއިރާއެއްގައި ކުރަން ޖެހޭ މަސައްކަތެއް ކަަމަށް ފާހަގކޮށް މިނިސތަރު ވިދާޅުވީ އެއީ އެއްފަހަަރަށް ކުރެވޭ ވަަރަށް ވުރެއް ބޮޑު މަސައްކަތެއްކަމަށެވެ. އަދި އެމަސައްކަތައް ފަންޑު ހޯދަން ސަރުކާރުން ދަނީ އިންޓަނޭޝަނަލް ޑޯނާސް އާއި އެކު މަސައްކަތްކުރަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގާދޫގެ ބަންކަރިން ފެސިލިޓީގެ މަސައްކަތައް އަލިއަޅުއްވާލަމުން މިނިސްޓަރު ވަނީ ގާދޫގެ ހިމާޔަތްކޮށްފައި ހުރި އިހުތިސޯސް ތެރެއަކަށް ޕްރޮޖެކްޓެއް ނުވައްނާނެކަމަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ގުޅީފަޅު ހިއްކުން މަޑު ޖައްސާލުމަށް ނެރުނު ކޯޓު އަމުރު ސުޕްރީމް ކޯޓުން ބާތިލު ކުރިއިރު، ފަނޑިޔާރު ވަނީ އީޕީއޭ ގާނޫނީ ގޮތުން މިނިވަންކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.