ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަނުން އެޑިއުކޭޝަން މިނިސްޓްރީން އެފަދައިން ހާމަކޮށްފައިމިވަނީ މިއަދު ސްކޫލްތަަކަަށް ފޮނުވި ސާކިއުލާއެއްގައި އެވެ.
އެ ސާކިއުލާގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޯކޮށް ވާރޭވެހި، ވައިގަދަވެ ދަތުރުފަތުރުތައް ކުރަން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ މިނިސްޓްރީން ފިޔަވަޅު އަޅަން ނިންމާފައިވާކަަމަށް ހާމަކޮށްފައެވެ.އެގޮތުން އެ ސާކިއުލާގައި ވަނީ އާއަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން 2-3 ގަޑީރަށް ފައްތާގެން ކުރިއަށް ގެންދިއުމަށް ސްކޫލްތަކަށް އަންގާފަ އެވެ.
ކިޔެވުމުގެ ދަންފަޅި ކުރުކުރާކަމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އެ ސާކިއުލާގައި ވަނީ ދަރިވަރުންގެ މެދު އިހުތިރާމްކުރުމުގެ އާދަތައް އަށަގަންނަން ދަސްކޮށް، ރާއްކާތެރިކަމާއި ދުޅަހެޔޮކަމަށް އިތުރު އިސްކަން ދިނުމަށް ގޮވާލާފަ އެވެ. އަދި ބުލީކުރުމާއި ދެކޮޅަށް ސްކޫލްތަކުގައި ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދިރާސީ އާ އަހަރުގެ ފުރަތަަމ 3 ދުވަހުގެ ކިޔެވުން ކުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފައިވާއިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރެއް ނޫނީ ނުކޮށް އެހެން ދަތުރުތައް ބަދަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުރުތަކުގެ އިތުރުން މާލޭ ސަރަހައްދުގެ ބްރިޖާއި ލިންކް ރޯޑަށް ވިލާގަނޑު އުފެދޭ ވަގުތުގައި ނޭރުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކުރެ އެވެ.