ads
އުރުދުންއަށް މިނިވަންކަން ލިބުނީ 25 މެއި 1946 ގައި
އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރަސްގެފާނު އަބްދުالله ބިން އަލް-ހުސައިން ދެވަނަ އާއި ބޮޑުވަޒީރު ބިޝަރް އަލް ހަސަވްނީއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.
Advertisement

‎ރައީސް، އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެގައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުން، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހުލާސްތެރިކަމާއެކު އެގައުމުގެ ރަސްގެފާނާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައި ވެއެވެ

‎ރައީސްގެ މެސެޖުގައި ދެގައުމުގެ ދެމެދު އޮންނަ އަހުވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި ދެގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެ އެވެ

‎ރައީސްގެ މެސެޖުފުޅުތައް ނިންމަވާލައްވާފައި ވަނީ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން، އަދި އެގައުމަށާއި އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ

އުރުދުންގެ މިނިވަން ދުވަސް ފާހަގަ ކުރަނީ 1946 ވަނަ އަހަރު މެއި މަހު 25 ވަނަ ދުވަހު އޭރު އޮތް އުސްމާނީ ހިލާފަތުގެ ދަށުން މިނިވަންކަން ހޯދުމަށް ފަހުގަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް