ads
ކަންގަނާ މޯޑީއަށް ފިނިފެންމާ ދެނީ
މޯޑީއަށް ކަންގަނާ ރަތް ފިނިފެންމަލެއް ދީފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއަށް ބޮލީވުޑުގެ ތަރި ކަންގަނާ ރަނައުތު ރަތް ފިނިފެންމަލެއް ދީފިއެވެ.

މި ފިނިފެންމާ މޯޑީއަށް ކަންގަނާ ހަދިޔާކޮށްފައިވަނީ ހިމާޗަލް ޕްރަދޭޝްގެ މަންޑީގައި ބޭއްވި ރެލީއެއްގައެވެ. 

ފިނިފެންމާ ދޭ ފޮޓޯ އާންމުކުރުމަށްފަހު މިހާރު އިންޑިއާގެ ލޮކްޝަބާ ނުވަތަ މަޖިލީހަށް ވާދަކުރަމުން އަންނަ ކަންގަނާ ލިޔެފައިވަނީ  "ޕްރަދާންމަންތްރީ ޖީ މަންޑީ މޭން އާޕްކާ ސްވާގަތް ހޭ" މިހެންނެވެ. 

މި ރެލީގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަން ފޮޓޯތަކުން ފެނެއެވެ. 

މޯޑީއަށް މަލެއް ދިނުމުން ކަންގާނާއާށް އޭނާގެ ސަޕޯޓަރުން ވަނީ ތައުރީފުވެއް ކޮށްފައެވެ. 

ކަންގަނާ ވަނީ  މޯދީގެ ލީޑަރޝިޕްގެ ދަށުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބުމުން އެކަމަށް ވެސް ޝުކުރުއަދާކޮށްފައެވެ. އޭނާވެސް ވާދަކުރަނީ މޯޑީގެ ޕާޓީގެ ބީޖޭޕީގެ ގޮނޑިއަކަށެވެ. މި ދުވަސްވަރު ކަންގަނާ އަންނަނީ ކެމްޕޭނުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.  

އިންޑިއާގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރުމަށް މިހާރު ވެރިކަމުގައި އޮތް ބީޖޭޕީން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި އަންނަ މަހު އަނެއްކާ ވެސް އިންޑިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވީ ނަރެންދުރަ މޯޑީއެވެ. 

މިދިޔަ އޭޕްރީލް މަހުގެ 19 ވަަނަ ދުވަހު ފެށި  އިންޑިއާގެ އިންތިހާބު ކުރިއަށް ގެންދިއުމަށް ރަވާފައިވަނީ ހަތް މަރުހަލާއަކަކަށް ބަހާލައިގެންނެވެ. ޖުމްލަ 543 ގޮނޑިއަށް މެންބަރުން ހޮވާއިރު، އިންތިހާބުގެ ވޯޓުލުން ނިމޭނީ އަންނަ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް