ކޮވިޑް-19 ޓާސްކް ފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެމީހާ، ހޯމް އައިސޮލޭޝަނުގައި ބަހައްޓަން ނިންމި ނަމަވެސް އެމީހާގެ ހާލަތު ހުރި ގޮތް ބެލުމަށް ފަހު ކަރަންޓީން ކުރަން ނިންމީ ކަމަށެވެ.
މަބްރޫކް ވަނީ، މީހަކު ހޯމް އައިސޮލޭޝަނުގައި ބެހެއްޓުމުގެ ކުރިން އެމީހެއްގެ ދިރިއުޅުމުގެ ހާލަތު އަބަދުވެސް ބަލައިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މި މީހާ ވެސް ކަރަންޓީން ކުރަން ނިންމީ އެގޮތުގެ މަތިން، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުކަމަށް ވިދާޅުވި އެވެ.
އެކަމަކު، އެމީހާ ކަރަންޓީން ކުރި ނަމަވެސް ކަރަންޓީން ކުރީ ކޮން ފެސިލިޓީއެއްގައިކަން ހާމައެއް ނުކުރައްވަ އެވެ.