ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
ފިހުނު މީހުނަށް، ޒަކާތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ
ފިހިގެން ފަރުވާ ހޯދަން ބޭނުންވި މީހުންނަށް ޒަކާތު ފަންޑުން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

އެ އިދާރާއިން އާއްމުކުރި މިިދިޔަމަހުގެ ތަފާސްް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ޒަކާތު ފަންޑުން އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާދީފައެވެ. ފަގީރުންނާއި މިސްކީނުންގެ ތެރެއިން 168 މީހަކަށް ބޭސްފަރުވާއަށް ޒަކާތު ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

މިދިޔަ މަހުވެސް ޒަކާތު ހައުސްއިން އެންމެ ގިނަ މީހުން އެހީ ހޯދާފައިވަނީ ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ. ކެންސަރު ބަލީގެ މީހުންގެ ފަރުވާއަށް ޒަކާތުން ވަނީ 373،175 ރުފިޔާ ދޫކޮށްފައެވެ. ދެން އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ފިހިގެން ފަރުވާ ހޯދަން ބޭނުންވި މީހުންނަށެވެ. އެމީހުންނަށް 165،446.25 ރުފިޔާ ހޭދަކޮށްފައެވެ.

ޒަކާތުން ދެން އެހީ ހޯދައިވާ ބަލިތަކާއި ހޭދަވި އަދަދު 

  • ނިއުމޯނިއާއަށް /-100،000 ރުފިޔާ
  • ހިތުގެ އޮޕަރޭޝަނަށް -/106،012.50 ރުފިޔާ
  • ސިކުނޑީގެ އޮޕަރޭޝަނަށްް 25،443 ރުފިޔާ
  • އެހެނިހެން /-731،293.50 ރުފިޔާ

ހާއްސަ ހާލަތްތައް މެދުވެރިންގެން އެހީއަށް އެދި ހުށައެޅި މީހުންނަށް  -/9000 ރުފިޔާ ޒަކާތު ހައުސް އިން ދޫކޮށްފައިވާކަންވެސް އެ ހައުސްގެ ތިނަވަނަ މަހުގެ ހިސާބުތަކުން ދައްކައެވެ. މި ހަރަދުތަކުގެ އިތުރުން ދެން ހަރަދު ހިންގާފައިވަނީ އެ ހައުސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. ޒަކާތުގެ ހައުސް މުވައްޒަފުންގެ މުސާރައަށް -/480،332 ރުފިޔާ ދޫކޮށްފައިވެއެވެ.

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި "ޒަކާތުގެ ހައުސް" ގެ އިދާރާއެއް އުފެއްދެވީ މިއަހަރުގެ 2 ވަނަދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް