ads
ދަނޑުގެ ލައިޓްތައް މަރާމާތު ކުރުމުގެ މަސައްކަތް
ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތު ކުރަން ފަށައިފި
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ކުޅިވަރު މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތް ކުރަނީ ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްގެންނެވެ. 

މި މަސައްކަތުގެ އަގު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓްރީން ބުންޏެވެ. ލައިޓް ސިސްޓަމް މަރާމާތު ކުރުމުގެ އެއްބަސްވުމުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ލައިޓްތަކުގެ މިހާރުގެ ހާލަތު ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި، މުޅި ލައިޓް ސިސްޓަމްގެ ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ކަންކަން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދަނޑުގެ ލައިޓިން މަރާމާތުކުރުމުގެ މަސައްކަތުގައި ފުރަތަމަ ކުރިއަށްގެންދިޔައީ ލައިޓްތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި އެކަންތައްތައް ދެނެގަތުމުގެ މަސައްކަތެވެ. އޭގެ ފަހުން މިހާރު ވަނީ ލައިޓްތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.

މިދިޔަ ފަސް އަހަރަށް ބަލާއިރު، ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހި ފުޓްބޯޅަ ސީޒަންގެ މެޗުތައް ކުރިއަށްގެންދިޔުމަށް ދަތިތައް ދިމާވި އެވެ. އެންމެ ފަހުން މިދިޔަ އޮގަސްޓް މަހު ދަނޑުގެ ލައިޓްތައް ވަރަށް ބޮޑަށް މައްސަލަޖެހި ބޭނުންނުކުރެވޭވަރުވަނީ ވެފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް ކުޅެން ޖެހުނީ ހަވީރު އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އިން ކުރަމުން އަންނަ ލައިޓްތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަ  މަހުގެ ކުރީކޮޅު ނިންމާލެވެނޭކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް