ads
ވ. ކެޔޮދޫ--
ކެޔޮދޫން ކޮވިޑް-19 އަށް ޓެސްޓް ކުރި ދިވެހި މީހާގެ ނަތީޖާ ނެގެޓިވް!
ވ. ކެޔޮދޫން ކޮރޯނާ ވައިރަހަށް ޝައްކުކުރެވިގެން ޓެސްޓްކުރި މީހާގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށް ތަރުޖަމާނު މަބްރޫކް އަަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ޓާސްކް ފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކެޔޮދޫއިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ޓެސްޓްކުރި މީހާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. 

ސާމްޕަލް ނެގެންދެން ކެޔޮދޫ ބަންދުކުރި ނަމަވެސް އެމީހާގެ ސާމްޕަލް ނެގެޓިވްވެފައިވާތީ މިހާރު ވަނީ ރަށަށް އަރައި ފޭބުމަށް ހުޅުވާލާފަ އެވެ. 

ރާއްޖެއިން ކޮރޯނާ ވައިރަހަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ރާއްޖޭގައި ފަރުވާދެމުން އައި މީހުންގެ ތެރެއިން ހަތަރު ދިވެހިން ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް