ads
މަޓާޓޯއިން އިންޑިއާގެ އަޔާޓޯއާއެކު ގުޅިގެން މަސައްކަތް ކުރަނީ -- ފޮޓޯ: މަޓާޓޯ
ޓޫރިޒަމް ކުރިއަރުވަން އިންޑިއާގެ އަޔާޓޯއާއެކު އެއްބަސްވުމަކަށް
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަތުރުވެރިކަން ވަރުގަދަ ކުރުމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އަޔާޓޯ) އާ އެކު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
Advertisement

އަޔާޓޯއަކީ އިންޑިއާގެ 1،800 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ތަމްސީލްކުރާ އެސޯސިއޭޝަނެކެވެ. އަދި އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަނގަޅު ދަތުރުފަތުރުގެ ތަޖުރިބާއެއް ދިނުމަށް ބައިނަލް އަގުމާވީ ގިނަ ޕާޓްނާޝިޕްތަކެއް މިހާރު ވެސް ގާއިމުކޮށްފައިވާ ޓްރެވެލް ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާއެކެވެ.

މި އެއްބަސްވުމާ ގުޅުން ހުރި މައުލޫމާތު ހާމަކޮށް މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ، މި އިސްތިރާޖީ ގުޅުމުގެ މަގުޞަދަކީ ފަތުރުވެރިކަން ކުރިއަރުވައި، އެ ސިނާއަތުން ގާތް ގުޅުމެއް ބާއްވައި ދެ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެ އެއްބަސްވުމުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި:

  • ޖޮއިންޓް މާކެޓިން އިނިޝިއޭޓިވް މެދުވެރިކޮށް ބައިލެޓަރަލް ޓޫރިޒަމް ކުރިއެރުވުން
  • ހިދުމަތުގެ މިންގަނޑުތަކާއި އޮޕަރޭޝަނަލް އެފިޝަންސީތައް ރަނގަޅު ކުރުމަށް އުސޫލުތައް ހިއްސާކުރުން
  • ދެ ފަރާތުން ގުޅިގެން އިވެންޓުތަކާއި ރޯޑްޝޯ އަދި ފެއާތައް އިންތިޒާމް ކުރުން
  • ދެ ގައުމަށް ފައިދާ ހުރި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތައް ޕްރޮމޯޓްކުރުން
  • ވަސީލަތްތައް ބޭނުންކޮށްގެން ދަތުރުފަތުރާއި ސަގާފީ ކަންކަމަށް ފުރުސަތުތައް މަގުފަހިކުރުމާއި އުފެއްދުން

މީގެއިތުރުން، އެމްއޯޔޫގައި ސޮއިކުރުމަށްފަހު މަޓާޓޯއިން ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ މުނޫ މަހާވަރާ ބައްދަލުކޮށްފަ އެވެ.

އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް މި އަހަރު ފެށުނު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިގޮތަށް ދިމާވުމުގެ އަސްލަކަށްވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.

މިކަމާ ވިދިގެން އިންޑިއާ މީހުން ޗުއްޓީ އަށް ރާއްޖެ ދިއުން ހުއްޓާލައި، އިންޑިއާގެ ދަށުގައި އޮންނަ ލަކްޗަޝަދީޕަށް ދާން ގޮވާލައި ކެމްޕޭންތަކެއްކޮށްފައިވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މި އަހަރު ފަތުރުވެރިން ޒިޔާރަތްކުރަނީ މިދިޔަ އަހަރު ރޭންކިންގެ ތިންވަނައިގައި އޮތް ޗައިނާ އެވެ. އަދި ދެވަނައަށް ރަޝިއާއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޔޫކޭއިންނެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ބޮޑުތަނުން ދަށްވެފައިވާއިރު، އެ ގައުމު އޮތީ ހަ ވަނައިގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް މާކެޓްކުރާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރްސީން ބުނެފައި ވަނީ އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް