ads
ބައެެއް މަޝްރޫތައް ލަސްވަނީ ބިމާ ގުޅޭ ބައެއް ހުއްދަތައް ނުލިބޭތީ ކަމަށް އާރުއޭސީއެލުން ވަނީ ބުނެފައި - ފޮޓޯ:އާރުއޭސީއެލް
ބައެެއް މަޝްރޫތައް ލަސްވަނީ ބިމާ ގުޅޭ ބައެއް ހުއްދަތައް ނުލިބޭތީ: އާރުއޭސީއެލް
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫތައް ލަސްވަނީ ބިމާ ގުޅޭ ބައެއް ހުއްދަތައް ނުލިބޭތީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

އެ ކުންފުނިން ކުރިއަށް ގެންދާ ބައެއް މަޝްރޫތައް ލަސްވާ ބުނެ ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން އާރުއޭސީއެލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުންފުންޏާ ހަވާލުކޮށްފައިވާ ބައެއް މަސައްކަތްތައް ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުގޮސް ލަސްވަމުން އަންނަކަން ގަބޫލުކުރާ ކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބަކީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ހުއްދަތައް ލިބުން ލަސްވަމުން ދިއުން ކަމަށް އާރުއޭސީއެލުން ބުނެ އެވެ.

އާރުއޭސީއެލުން ބުނެފައި ވަނީ އެއާޕޯޓުތައް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައިވާ ބިންތަކަކީ ރަށްރަށަށް ނިސްބަތްވާ ބިންތަކުން ވަކި ކުރެވިފައިވާ ސަރަހައްދުތަކެއް ކަމަށެވެ. އެހެންކަމުން އެ ބިންތަކުގައި އެއާޕޯޓު ތަރައްގީ ކުރަން ކުރެވެމުން އަންނަ މުހިންމު މަސައްކަތްތަކަކީ އެކިއެކި ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ލިބިގެން ކުރެހުންތައް އެޕްރޫވްކޮށްގެން ނޫނީ އިތުރަށް ކުރިއަށް ނުގެންދެވޭނެ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާރުއޭސީއެލްގެ ބަޔާނުގައި ބުނި ގޮތުގައި މަސައްކަތްތައް ފެށުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތަކީ ބިންތަކުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ނިންމުން ކަމަށްވާއިރު، މިއަދާ ހަމައަށް ވެސް އޭގެ ގިނަ މަސައްކަތްތައް ނުނިމޭ ކަމަށާއި އެއީ އެ ކުންފުނިން ސީދާ ކުރެވެން ހުންނަ ކަންކަން ނޫން ކަމުގަ އެވެ.

ބިންތަކުގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތައް އަވަސް ކުރުމަށް އެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާ އެކު ބައްދަލުވުންތައް ބާއްވައި މަސައްކަތް އަވަސް ކުރަން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް އާރުއޭސީއެލުން ބުނެ އެވެ. އާރުއޭސީއެލުން ބުނީ އެކަމަށް އެ ކުންފުނީގެ މެނޭޖްމަންޓް ލެވެލްގައި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ވަކި ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި އުފެއްދި ދުވަހުން ފެށިގެން އެއާޕޯޓުތަކުގެ ފެންވަރު ރަނގަޅުކޮށް، ހުންނަން ޖެހޭ ސްޓޭންޑާޑްތަކަށް އެއާޕޯޓުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އާރުއޭސީއެލުން ބުނެ އެވެ. އާ މެނޭޖްމަންޓާ އެކު އެ މަސައްކަތްތައް އިތުރަށް ހަލުއިކޮށްފައިވާކަން ފާހަގަކޮށް އާރުއޭސީއެލުން ނެރުނު ބަޔާނުގައި ވަނީ މިހާރު ފަށާފައިވާ މަސައްކަތްތަކާ އަދި ސަރުކާރުން ރާވާފައިވާ ގޮތަށް އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް