ads
ޓުވިމްބިޓް އެވޯޑްސްގެ ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާގެ ޝަރަފު އުރީދޫ މޯލްޑިވްސްއަށް ވަނީ ލިބިފައި - ފޮޓޯ:އުރީދޫ
ޓުވިމްބިޓް އެވޯޑްސްގެ ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާގެ ޝަރަފު އުރީދޫއަށް
އޭޝިއާ ޕެސިފިކްގެ ގިނަ ކުންފުނިތަކެއް ބައިވެރިވި ޓުވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ" ގެ ޝަރަފު އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
Advertisement

ސެއިންޓް ރެޖިސް ސިންގަޕޫރުގައި މިިދިޔަ އަންގާރަ ދުވަހު ބޭއްވި ޓުވިމްބިޓް އެވޯޑްސްގެ ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާއަށް އުރީދޫ މޯލްޑިވްސްގެ އިތުރުން ނޮމިނޭޓްވެފައި ވަނީ ދިރާގާއި ބްރޫނާއީގެ ޑީއެސްޓީ އެވެ.

މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ޓެލްކޯ އަދި ޓެކް ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން އަދި ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެ އެވެ.

"ޓުވިމްބިޓް ޓެލެކޮމް އެވޯޑްސް 2024 ގައި ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ އެވޯޑު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިއީ މި ކާމިޔާބީއަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމްގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މި ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އީޖާދީ، ފެންވަރު ރަނގަޅު ހިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

މި އެވޯޑު ހަފުލާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ކުންފުނިތަކުގެ ތެރޭގައި އެސްކޭޓީ، ރިލަޔަންސް ޖިއޯ، ޕީސީސީޑަބްލިއު، ޓެލްސްޓްރާ، އޮޕްޓަސް، ބާރްތީ އެއާޓެލް އަދި އުރީދޫ މޯލްޑިވްސް ހިމެނެ އެވެ. އުރީދޫން ބުނެފައި ވަނީ މި ކުންފުނިތަކަށް ލިބުނު ކާމިޔާބީއަކީ މުވާސަލާތީ ދާއިރާގައި ކުންފުނިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތަކީ މި ރީޖަންގައި ތައުރީފު ހައްގު ހިދުމަތެއްކަން ޔަގީންވާ ކާމިޔާބީއެއް ކަމަށެވެ.

ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ ޝަރަފު ކަމަށްވާ ޓުވިމްބިޓް ޓެލެކޮމް އެވޯޑްސްއިން ވަނީ 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގުވަޒަންކޮށް ޓެލްކޯ އޮފް ދަ އިޔާ، ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ކުންފުނިތަކަށް ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްފަ އެވެ. މި އެވޯޑުގެ ސްޓްރެޓީޖިކް ޕާޓްނަރަކީ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެފް5 އެވެ. މި ޕްރޮގްރާމުގެ މީޑިއާ ޕާޓްނަރަކީ ޑީއެންއޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް