ads
ފަޅުރަށެއް: ރަށާއި ފަޅުގައި ރިސޯޓު ތަރައްގީކުރަން ބީލަމަށް މިއަދު ވަނީ ހުޅުވާލައިފަ
ރަށާއި ފަޅުގައި ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި
ބައެއް ފަޅު ރަށްތަކާއި މާލެ އަތޮޅު 2 ފަޅެއް ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި އެވެ.

އަލަށް ހުޅުވާލި ރަށްރަށަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ތަންތަނަކީ

ހދ ވައިކަރަމުރައިދޫ ( 15 ހެކްޓަރު)
ށ ކުޑަޅައިމެންދޫ
ރ ދިއްކުރެއްދޫ
ޅ ދިއްފުށި
ޅ ވިހަފަރުފިނޮޅު
ކ ހިއްމިއްޔަ ފަޅު
ކ ފަޅެއް
އއ އަލިކޮއިރަށް
ވ ފަޅެއް
ތ ގާލީ
ތ ރުއްތިބިރަށް
ތ ކަނިމީދޫ
ލ ކަށިދޫ
ލ ހަންހުށި
ގއ ބޭރުމައުޑޫ
ގދ ކަޅެހުއްޓާ

އަލަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ. ހިއްމިއްޔާ ފަޅަށެވެ. އެއީ 23.5 މިލިއަން ޑޮލަރެވެ. ދެން އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ޅ. ދިއްފުށި އަށެވެ. އެއީ 18.5 މިލިއަން ޑޮލަރެވެ.

މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 176 ރިސޯޓާއި 854 ގެސްޓްހައުސްގެ އިތުރުން 148 ސަފާރީ އުޅަނދާއި 15 ހޮޓާ ދަނީ ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް