ރަހީނުކޮށް ބިރު ދައްކައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން، ހައްޔަރުކޮށްފައިވާ ރިމާނާ އަދި މިހާދުގެ ބަންދަށް، 15 ދުވަސް ކޯޓުންވަނީ ޖަހާފަ އެވެ.
މީގެ ތެރެއިން ރިމާނާއަކީ ހުޅުމާލޭ ފޭސް ޓޫ، ހިޔާ ފްލެޓަކަށް ނިސްބަތްވާ މީހެކެވެ. މިހާދުއަކީ ގަލޮޅަށް ނިސްބަތްވާ މީހެކެވެ.
ރަހީނުކޮށް ބިރު ދައްކައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން، އަންހެނަކާ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ހަމަ މި ފަދަ މައްސަލައަކާ ގުޅިގެން ދެމަފިރިން ހައްޔަރުކޮށްފައިވެ އެވެ.
ހުޅުމާލޭގައި މީހުން ރަހީނުކޮށް ފޭރުމުގެ މައްސަލަތަކެއް މި ފަހުން ފެންމަތިވެފައިވެ އެވެ.