އެކި ގައުމުތަކުގެ ސިޓީތަކުގެ ވަރިން ބައިވެރިވާ މި ސަމިޓް އޮންނާނީ ސިންގަޕޫރުގައެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި ސަމިޓްގައި މޭޔަރު އާދަމް އާޒިމްގެ އިތުރުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓާއި ގުޅިގެން ޑެޕިއުޓީ މޭޔަރު ނަރީޝް ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި ސަމިޓުގައި ސިޓީތަކުގެ މޭޔަރުންނާއި ލީޑަރުންނާއެކު ނަތީޖާ ނެރެވޭނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މާލެ ސިޓީއަކީ ސްމާޓް ސިޓީ އަކަށް ހެދުމަށް ކައުންސިލުން ގެންގުޅޭ ތަސައްވުރަށް އެހީތެރިކަން ލިބޭނެ އަގުހުރި މައުލޫމާތުތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރާކަންވެސް ޑެޕިއުޓީ މޭޔަރު ވަނީ ފާހަގަކޮށްފައެވެ.
ވޯލް ސިޓީސް ސަމިޓަކީ ކުރިއަށް އޮތް ތަނުގައި ސިޓީތައް އިތުރަށް ތަރައްގީކޮށް ދަމަހައްޓާނެ ފުރުސަތުތައް ހޯދުމަށް އެކި ސިޓީތަކުގެ ވެރިންނާއެކު ބާއްވާ ސަމިޓެކެވެ.
މި ސަމިޓު ކުރިޔަށް ދާނީ މާދަމާއިން ފެށިގެން އަންގާރަދުވަހުގެ ނިޔަލަށެވެ.