ads
ސައްމާހް
ސައްމާހު ބަންދުކުރަން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓަށް
ވ. ކެޔޮދޫ، ދޭލިޔާގޭ 19 އަހަރުގެ މޫސާ އަހްމަދު ކިޔާ ޒުވާނަކަށް ވަޅިން ހަމަލާދީ މީގެ ހަތް އަހަރު ކުރިން މަރާލި ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް ސައްމާހު އަހްމަދު ފަތުހީ ބަންދު ކޮށްދޭތޯ ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
Advertisement

ސުޕްރީމް ކޯޓުން އެންގުމުންވެސް ވ. ކެޔޮދޫ، މޫސަ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައްމާހު ބަންދު ކުރަން ހައިކޯޓުންވަނީ މިދިޔަ ހަފްތާގައި ދެކޮޅު ހަދާފައެވެ.

މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދުގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ނިމެންދެން ބަންދު ނުކުރަން ހައިކޯޓުން ދެވަނަ ފަހަށް ނިންމިއިރު، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައިކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އޮތީ އަމުރެއް ނެރެފައެވެ. އެހެން އެކަން އޮވެމެ، ހައިކޯޓުން ދެވަނަ ފަހަރަށްވެސް ނިންމީ އޭނާ ބަންދު ކުރާނެ ތަނެއް ނެތް ކަމަށެވެ.

ހައިކޯޓުން، ސައްމާހް ބަންދު ކުރަން ނުފެންނަ ދެވަނަ ފަހަރު ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުންނެވެ. އެއީ އެއީ ފަނޑިޔާރު މާނިއު އަދި ފަނޑިޔާރު ފައިސަލްގެ ރައުޔެވެ. މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަރުހީޒާ ނިންމެވީ ސުޕްރީމް ކޯޓުގެ އަމުރާ އެއް ގޮތަށް ސައްމާހް ބަންދު ކުރާށެވެ.  އެކަމަކު ކުރިން ތިން ފަނޑިޔާރުންވެސް ނިންމީ ސައްމާހް ބަންދު ނުކުރާށެވެ.

ސައްމާހް ކުރިން ހައިކޯޓުން ބަންދު ނުކުރުމުން، ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމިއިރު ސައްމާހު ހަތް ދުވަހަށް ބަންދުކޮށް، ހައިކޯޓަށް އަމުރު ކުރީ، ހަތް ދުވަހުގެ ތެރޭގައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށެވެ. އެ މުއްދަތު ހަމަވީ ފަހުން ހައިކޯޓުގައި މިދިޔަ ހަފްތާގައި ދިގު އަޑު އެހުމެއް މި މައްސަލައިގައި ބޭއްވިއެވެ.

ސައްމާހު އަހުމަދު ފަތުހީގެ ބަންދު މައްސަލައިގައި ސުޕްރީމް ކޯޓުގެ ވާނުވާ ނޭނގޭ އަމުރެއްގެ މައްސަލަ ކުރިން އޮތީ ފެންމަތިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް