ads
ބޭސް އުފުލާ ޑްރޯނެއް
ޑްރޯނުން ފުރަތަމަ ބޭސް ފޮނުވާނީ ތ. އަތޮޅަށް، ގައިޑްލައިން ހަދަން ފަށައިފި
ޑްރޯން މެދުވެރިކޮށް ފުރަތަމަ ބޭސް ފޮނުވާނީ ތ. އަތޮޅަށްކަމަށްވާއިރު އެކަމަށް ބޭނުންވާ އުސޫލުތައް ހަދަން ފަށާފައިވާކަަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޑްރޯންގެ އެހީގައި ރަށްރަށަށް ބޭސް ފޮނުވަން ނިންމައި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް އާއި އެކު މަޝްވަަރާކުރަމުންދާކަމަށާއި ބޭސްފޮނުވުމާ ބެހޭ ގައިޑްލައިންތަށް ހެދުމުގެ ގޮތުން އެސްޓީއޯ އާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.  

މީގެ އިތުރުން ގައިޑްލައިންތައް ތައްޔާރުވުމާއި އެކު ފުރަތަމަ ޑްރޯންގެ އެހީގައި ބޭސް ފޮނުވަން ފަށާނީ ތ އަތޮޅަށްކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ ރަށްރަށަށް ބޭސްފޮނުވުމުގައި ދައުލަތުން އެތައް ހަރަދެއް ކުރަން ޖެހޭކަމަށާއި ޑްރޯން ގެ ހިދުމަތް ފެށުމާއި އެކު ހަރަދު ކުޑަވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ސާމްޕަލް ގެންދިއުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަންގައި ވެސް ފަށަން މަސައްކަތްކުރި ކަމެކެވެ. އެގޮތުން ލެބޯޓްރީ ނުހުންނަ ރަށްރަށާއި ކުދި ލެބޯޓްރީތައް ހުރި ރަށްރަށުން އަތޮޅު ހޮސްޕިޓަލްތަކަށް ސާމްޕަލްތައް ފޮނުވުމަށް އޭރު މިނިސްޓްރީން ނިންމި ނަމަވެސް އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް އުފުލުގެ ހިދުމަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ފުރަތަަމަ އިއުލާންކޮށްފައިވަނީ މިއަހަރު ފެބްރުއަރީ މަހުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް