މި ބޯޓް އަޑިއަށް ދިޔައީ މިއަދު ހެނދުނު އެ ބޯޓު ބިލެއްފަހި ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ބަނދަރު ނެރުފައި ކަށީގައި ޖެހި ގެއްލުންވެގެންނެވެ. ބޯޓު ނެރުން ވަދެ ބަނަދަރާއި ގާތްކުރިއިރު ބޯތްގެ ބޮޑު ބައެއް ވަނީ އަޑިއަށްް ގޮސްފައެވެ.
މި ބޯޓުގައި ގިނަ އަދަދެއްގެ މުދާ ހުރިކަމަށް އެ ބޯޓުން ބުނެއެވެ. އޭގެތެެރޭގައި ފިހާރަތަކަށް ގެނައި ސަމާނާާއި ކައްކާ ގޭސް ހިމެނޭކަމަށް ވެއެވެ.
މި ބޯޓުގައި ހުރި މުދާތައް ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
މާލެ ދަތުރުކުރާތާ 30ކަށް އަހަރުވެފައިވާ މި ބޯޓަކީ ށ އަތޮޅުގެ ރަށްތަކަށް މުދާ ހިފައިގެން ދަތުރުކުރަމުން އަންނަ ބޯޓެކެވެ. މި ބޯޓު ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ކަނޑިތީމު، ގޮއިދޫ، ބިލެއްފަހީ، މަރޮށި ހިމެނެެއެވެ.