
އެމްޕީއެލުން ބުނީ ޔޫތް، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަމަންޓާއި އެ ކުންފުނި ގުޅިގެން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން އޮޓޯމޯޓިވް މެއިންޓަނަންސްއަށް ނުވަ ފަރާތެއް އަދި ޓަގް އޮޕަރޭޓަރުންގެ ގޮތުގައި އަށް ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލުން ބުނެ އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އެމްޕީއެލުން ބުނެފައި ވަނީ މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ 15.30 އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެމްޕީއެލުން އެދެ އެވެ.
ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ފޯނު ނަންބަރު 1456 ނުވަތަ nap@youth.gov.mv އަދި ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ 3039638، 3039636 ނުވަތަ idd@port.mv އިން ލިބޭނެ އެވެ.