ads
ގޭންގުތައް ހުއްޓުވަން ފުލުހުން ވަކި ޑިޕާޓްމެންޓެއް ހަދައިފި
ގޭންގުތައް ހުއްޓަވަން ފުލުހުން ވަކި ޑިޕާޓްމެންޓެއް ހަދައިފި
ކުށްކުރާ ގޭންގުތައް ހުއްޓުވުމަށް ފުލުހުންގެ ތެރޭގައި ވަކި ޑިޕާޓްމެންޓެއް އުފައްދަން ނިންމާފައިވާކަން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެ އެވެ.
Advertisement

ސީޕީ މިހެން ވިދާޅުވީ ދިވެހިގެ ފުލުހުންގެ ހިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުމަށްް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ސީޕީ ސުޖާއު ވިދާޅުވީ ކުށްކުރާ ގޭންތަކުގެ ބިރުވެރިކަމުގައި ރާއްޖެ ސަލާމަތްކުރުމަށްް އާ މަސައްކަތްތަކެއް ކުރުމަށް ފުލުހުންގެ އާ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނާފައިވާކަމަށެވެ. ސީޕީ ވިދާޅުވީ މި ޕްލޭން ވުޖޫދުވާ ހިސާބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ގޭންގުތައް ހުއްޓުވަން ފުލުހުންގެ ތެރޭގައި ވަކި ޑިޕާޓްމެންޓެެއް އުފެދިގެންދާނެކަމަށެވެ. 

"އޭގައި އެފަރާތްތައް (ގޭންގް) ތައް އުޅޭ ސަރަހައްދުތަކާއި އަދި މިކަން ތައްތައް މިނިމައިޒްކުރުމަށްްޓަކައި އޮގަނައިޒޭޝަން ލެވެލުގައި ކުރެވޭ ކަންތައްތަކާއި އަދި މިކަމުން މުޖުތަމައު ސަލާމަތްކުރުމަށްްޓައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ތަރުތީބުކުރެވިގެންދާނެ" ސީޕީ އަލީ ސުޖާއު ވިދާޅުވި އެވެ.

ގޭންގުތަކާއި މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން އުފެއްދި ބަޔަށް ކިޔަނީ "ޑްރަގު އެންޑް ވައިލެންޓް ކްރައިމް ކޮމާންޑް" އެވެ. 

މި ކޮމާންޑްގެ މަސައްކަތަކީ މި ދިވެހި ގައުމަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒީ އަދި ސަރަޙައްދީ ގާބިލުކަން ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ހަރަކާތްތެރިވެ، ގޭންގް މާރާމާރީތައް ހުއްޓުވައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދައި، އަދި ހިއުމަން ޓްރެފިކިން، ވައްކަން، ފޭރުން، މަކަރާއި ހީލަތް، ޓްރެފިކް ގަވައިދާ ހިލާފްވުން، ސައިބާ ކްރައިމް، ޓެރަރިޒަމް އަދި ވައިލެންޓް އެކްސްޓްރީމިޒަމް، ގެވެށި އަނިޔާ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ޕަބްލިކް ޑިސްއޯޑަރ ހިމެނޭހެން ރަައްޔިތުންގެ އިތުބާރު އުފެއްދުމަށް މުޖުތަމައާއި ގުޅިގެން ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުންކަމަށް ފުލުހުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް