ads
ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ:އެމްއެމްޕީއާރުސީ
މެލޭޝިއާ އެއާލައިންސް އާއެކު ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރަން ވެބިނާއެއް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މެލޭޝިއާ އެއާލައިންސް އާ ގުޅިގެން ޖަޕާނުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަން ވާޗުއަލް ޕްރޮޑަކްޓް ސެމިނާއެއް ބާއްވައިފި އެވެ.
Advertisement

އެމްއެމްޕީއާރުސީން ބުނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ވެބިނާ އަމާޒުކުރީ ޖަޕާނުގެ ގާތްގަނޑަކަށް 100 ޓްރެވަލް ޕްރޮފެޝަނަލުންނަށް ކަމަށެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ޑެސްޓިނޭޝަން އަޕްޑޭޓްތައް ހިއްސާކޮށްގެން ޕޮޒިޓިވް މީޑިއާ ކަވަރޭޖެއް އުފެއްދުމާ އެކު، ޖަޕާނުގެ ފަތުރުވެރިންގެ ހިތްތަކުގައި އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ރާއްޖޭގެ މަގާމު ކަށަވަރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

މި ވެބިނާގައި މެލޭޝިއާ އެއާލައިންސް، ރާއްޖެ، މެލޭޝިއާ އަދި ތައިލެންޑްގެ ޓޫރިޒަމް އޮތޯރިޓީތަކުން ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދިޔަ އެވެ. އެމްއެމްޕީއާރުސީން ބުނެފައި ވަނީ މި ޕްރެޒެންޓޭޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ މެލޭޝިއާ އެއާލައިންސްގެ ޝެޑިއުލާއި ޕްރޮޑަކްޓް އޮފާތަކުގެ އަޕްޑޭޓްތަކާއި ކުއަލަލަމްޕޫރުން ރާއްޖެއަށް ސީދާ ދަތުރު ތައާރަފު ކުރުމާ އަދި ހާއްސަ އެއާފެއާ ޕްރޮމޯޝަންތަކަށް ކަމަށެވެ. މީގެ އިތުރުން ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންތަކުގައި އާ ފްލައިޓްތަކަށް އަލިއަޅުވާލައި، މެލޭޝިއާ އާއި ރާއްޖެ އާ ދެމެދު ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން ހާމަކޮށްދިން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

your imageއެމްއެމްޕީއާރުސީން ކުރިއަށް ގެންދިޔަ ވެބިނާގެ ތެރެއިން - ފޮޓޯ:އެމްއެމްޕީއާރުސީ

ފަތުރުވެރިކަމުގެ ސިނާއަތުގައި ޖަޕާނު މާކެޓަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓަކަށްވާއިރު، ކޮވިޑް-19 ގެ ފަހުން އެ ގައުމުން ރާއްޖެ އަންނަ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެ އެވެ. އެގޮތުން މިދިޔަ އަހަރު 23،041 ފަތުރުވެރިން އައިއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު 9،333 ފަތުރުވެރިން އައިސްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެމްއެމްޕީއާރުސީން ވަނީ ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިކަން އިތުުރުކުުރަން ގިނަ ސްޓްރެޓެޖީތަކެއް ތަންފީޒުކޮށްފަ އެވެ. މި ސްޓްރެޓެޖީގައި އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި ސްޓްރެޓެޖިކް ގޮތެއްގައި ހުންނަ އެންބިއަންޓް އައުޓްޑޯ އިޝްތިހާރުތަކާއި ޓާގެޓް އޯޑިއެންސްތަކާ ގުޅުމަށް ޖަޕާނު ބަހުން ވާހަކަ ދައްކާ މުވައްޒަފުންނާއި މަޝްހޫރު ފަރާތްތަކުގެ ނުފޫޒު ބޭނުންކޮށް ޖަޕާނު ބަހުން ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިންތައް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މި ޓާގެޓް އިޝްތިހާރުތަކާއި ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް އިތުރަށް އިޝްތިހާރުކޮށްދޭ ކަމުގަ އެވެ.

މި ސްޓްރެޓެޖީތަކާ އެއްގޮތަށް ޖަޕާނުގައި ބާއްވާ ލީޑިން ޓްރެވަލް އެކްސްޕޯ ޓީއީޖޭ 2024 ގައި ބައިވެރިވެ އެ މާކެޓުގެ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް