ހުނަވަރު ޕްރޮގްރާމުގެ މަގުސަދަކީ އެކި ދާއިރާތަކުން ހުނަރުވެރި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެ ކުންފުނީގެ ވަޒީފާތަކަށް ހޯދުން ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ކުރުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ:
އެމްޓީސީސީން ބުނެފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ އެ ކުންފުނިން ކަނޑައަޅާ ސަރަހައްދުތަކެއްގައި ކަމަށް އެމްޓީސީސީން ބުނެ އެވެ.
ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަންގެ ހުނަވަރު ޕޯޓަލް މެދުވެރިކޮށް އަންނަ އަންގާރަ ދުވަހުގެ ރޭ 11:59 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެމްޓީސީސީން އެދެ އެވެ.