މީހުން ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ގައުމީ ކޮމިޓީ އަލުން އެކުލަވާލައި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 5 ވަަނަ ދުވަހުގަ އެވެ. ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ހިއުމަން ޓްރެފިކިން ޕްރިވެންޝަންއަށް ރާއްޖެއިން ކުރަން ޖެހޭ މަސައްކަތްތަަކަށް އަލިއަޅުވާލެވުުނެވެ. އަދި ރާއްޖޭގެ "ޓްރެފިކިން އިން ޕާސަން" (ޓީއައިޕީ) ރޭންކިން ދަރަޖައާއި، ދަރަޖަ މަތި ކުރުމަށް އިތުރަށް ކުރަން ޖެހޭ މަސައްކަތްތަކަށްވެސް މަޝްވަރާކުރެވުނުވެ.
"ނޭޝަނަލް އެންޓި ހިއުމަން ޓްރެފިކިން ސްޓީއަރިން ކޮމިޓީ" ބިނާވެފައިވަނީ 10 މެންބަރުންގެ މައްޗަށެވެ. އެއީ:
މީގެ އިތުރުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރުކަންކަމުގެ ތެރޭގައި ހިއުމަން ޓްރެފިކިން ކުރުމަށް ކަމާ ބެހޭ އިދާރާތަކުގެ ފްރޮންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީން ކުރުމާއި އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމާއި، ޕްރޮސެކިއުޝަން މަރުހަލާ ވަރުގަދަކޮށް ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތް ކުރުމާއި، ހިއުމަން ޓްރެފިކިން ގެ ސްޓޭންޑާޑް އޮޕެރޭޓިން ޕްރޮސީޖާސް (އެސްއޯޕީސް) ރެގިއުލޭޝަންސް އަދި ގައިޑްލައިންސްތައް އެކުލަވާލުމާއި، މިހާރު ހެދިފައިހުރި ގަވައިދުތަކާއި އުސޫލުތައް ގެނައުން ހިމެނޭކަމަށް ލުބްނާ ވިދާޅުވި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް އޮތް 4 އަހަަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމަންޓް ގައި ހިއުމަން ޓްރެފިކްގެ ކުއްތައް ހުއްޓުވުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަންކަމުގެ ތެރޭގައި ހިމަނާފައިވާކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;