ads
ޖަމީލް އުސްމާން: ކުރީގެ އަންހެނުން، ހުޅުމާލޭން ޖަމީލަށް ހިބައިން ދިން ގޯތި އަތުލަން ވަނީ ދައުވާކޮށްފަ
އިނދެގެން އުޅުނު އިރު ދިން ގޯތި ހޯދަން ޖަމީލް އުސްމާން ގޮވައިގެން ކޯޓަށް..!
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޖަމީލް އުސްމާނަށް އޭނާގެ ކުރީގެ އަންހެނުން، ހުޅުމާލޭން ހިބައިން ދިން ގޯތި އަތުލަން ކުރި ދައުވާ ނާކާމިޔާބު ވެއްޖެ އެވެ.
Advertisement

ޖަމީލް އުސްމާނަކީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރެވެ. އެއީ 2014 ވަނަ އަހަރު އިންތިހާބު ކުރެވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. ޖަމީލް އުސްމާނަށް އޭނާގެ ކުރީގެ އަންހެނުން ހަދީޖާ އަބްދުއްސައްތާރު، ހިބައިން ދިން ހުޅުމާލޭގައި އޮންނަ ގޯތި އަތުލަން ހުށަހެޅި މައްސަލަ އޭނާއަށް ނާކާމިޔާބުވީ، ހިބަ ދިނުމަށްފަހު އަތު ނުލެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުންވެ. މި ދިޔަ ހަފްތާގައި މި ހުކުމް ކުރީ، ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ.

ޖަމީލް އުސްމާންގެ ކުރީގެ އަންހެނުންގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ހިބަ އަތުލުމާއި ވަސިއްޔަތުން ރުޖޫއަވުމުގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގައި ހިބަ އަނބުރާ ރުޖޫއަކުރުން ޖަމީލް އުސްމާނުވަނީ ޝަރީއަތުގައި އިންކާރުކޮށްފައެވެ.

ޖަމީލް އުސްމާނާ އޭނާގެ ކުރީގެ އަންހެނުން އެކުގައި އުޅުނު އިރު ހިބަކޮށްދީފައިވަނީ ހުޅުމާލޭ ގޯތި ނަންބަރު 10718 ކިޔާ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާއި ބިމާއި ގުޅިފައިވާ މުދަލާއި ނުއުފުލޭ މުދަލުގެ ދެބައިކުޅަ އެއްބައެވެ. ޖަމީލް އުސްމާނުގެ ދާއިމީ އެޑްރެސް މިހާރު އޮންނަނީވެސް މިގޭގެ ނަމުގަ އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ޖަމީލް އުސްމާނާއި، ހަދީޖާ ކައިވެނިކޮށްގެން އުޅުނުއިރު ހިބައިން ދިން ގޯތީގައި ދެމަފިރިންގެ މަސައްކަތުން ހަތަރު ބުރީގެ އިމާރާތެއް އަޅާފައިވެ އެވެ. އަދި ދެމަފިރިންގެ ނަމުގައި އެއިރު ލޯނެއް ވެސް ނަގާފައިވާ ކަމަށާއި އެ ލޯނަށް ޖަމީލް އުސްމާންވެސް ވެސް ޒިންމާ ވާން ޖެހޭކަން ކަނޑައަޅައި ދިނުމަށް އެދި ވަކި މައްސަލައެއްވެސް ހުށަހަޅާފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެ އެވެ.

ޖަމީލް އުސްމާނުގެ އަތުން ހިބަ އަތުލަން ހުށަހަޅާފައިވާ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ހިބައިން ތަނެއް އަތުލުމުގެ އުސޫލެއް ބިމާ ބެހޭ ގާނޫނުގައި ވެސް، ހިބައިން އަދި ވަސިއްޔަތުން ދިނުމާ ބެހޭ ގަވާއިދުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް