މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1000 ހައްޖުވެރިން މި ވަގުތު ތިބީ މައްކާގައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހައްޖަށް ފުރަން އެއާޕޯޓްގައި ހުންނަވާ ވިދާޅުވީ ހާޓް އެޓޭކް ޖެހުނު ދިވެހި ހާޖީއަށް ފަރުވާދެމުން އަންނައއިރު އޭނާގެ ހާލު މިހާރު ރަނގަޅުކަމަށެވެ. އަދި އޭނާގެ އާއިލާއަށް ގުޅާ ހާޖީގެ ހާލާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން އަންނަކަމަށެވެ. އަދި އެ ހާޖީގެ ކަންކަން ބެލުމުގައި ހައްޖު ކޯޕަރޭޝަން މުވައްޒަފުން ތިބިކަން މިނިސްޓަރު ފާހަގަކުރިއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔުމަށް ލިބުނު ރަސްމީ ކޯޓާގައި ހިމެނޭ 1000 މީހުން މިވަގުތު ތިބީ މައްކާގައެވެ. މިއަހަރު ރާއްޖެއަށް ލިބުނު އިތުރު ކޯޓާގެ 150 މީހުން ހައްޖަށް ދއެވެ. އެމީހުން މިއަދު މައްކާއަށް ފުރާނެއެވެ.