ads
އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ މުހިއްމު މެންބަރެއް ކަމަށްވާ ބެނީ ގަންޓްޒް
ނަތަންޔާހޫގެ ޕްލޭނެއް ނެތް ކަމަށް ބުނެ ގަންޓްޒް އިސްތިއުފާދީފި
އިޒްރޭލުން ގާޒާގައި ކުރާ ހަނގުރާމައިގައި ބޮޑު ވަޒީރުގެ ސާފު ޕްލޭނެތް ނެތް ކަމަށް ބުނެ އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ މުހިއްމު މެންބަރެއް ކަމަށްވާ ބެނީ ގަންޓްޒް އިސްތިއުފާ ދީފި އެވެ.
Advertisement

އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ ގާޒާގެ ހަނގުރާމައަށް ފަހު އަމަލުކުރާނެ ޕްލޭނެއް ނަތަންޔާހޫ ބޭނުންވާ ގޮތަށް މެއި މަހުގެ ކުރިން އެކުލަވައިލުމުގައި ފެއިލްވެފައި ވަނިކޮށެވެ.

އިސްރާއީލުގެ ކުރީގެ ޖެނެރަލް އަދި ދިފާއީ ވަޒީރުކަންވެސް ކުރައްވަފައިވާ ގަންޓްޒް އާއި ނަތަންޔާހޫއާ ހިޔާލު ތަފާތުވީ ހަނގުރާމައިގެ ފަހުން ދެން އެކުލަވާލާ ޕްލޭނާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ގަންޓްޒް އިންސްތިއުފާ ދެއްވުމަކީ ނަތަންޔާހޫގެ ސަރުކާރު ވެއްޓޭނެ ކަމަށް ބެލެވޭވަރުގެ ކަމެއް ނޫން ނަމަވެސް އެއީ ފަލަސްތީނުގެ ހަމާސް ހަނގުރާމަވެރިންނާ ދެކޮޅަށް ގާޒާއިން ކުރި ހަނގުރާމައަށް އަށް މަސް ފަހުން ނަތަންޔާހޫއަށް ސިޔާސީ ގޮތުން ލިބުނު ފުރަތަމަ ގެއްލުމެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގަންޓްޒްގެ އެއް ޑިމާންޑަކީ ރަހީނުކޮށްފައިވާ އަސީރުން މިނިވަން ކުރުން އެންމެ ފުރަތަމަ ކަމަކަށް ހެދުމަށެވެ.

"ނަތަންޔާހޫ ގެންދަނީ ހަގީގީ ކާމިޔާބީއަކާ ދިމާލަށް ދިއުމަށް ހުރަސްއަޅަމުން. ވަރަށް ދެރަވެ ތިބެ އަހަރެމެން މި އިމަޖެންސީ ސަރުކާރުން މި ވަކިވަނީ އެހެންވެ،" ގަންޓްޒް ބުންޏެވެ.

މިހާރުވެސް ހަމާސްގެ ބެލުމުގެ ދަށުގައި އިޒްރޭލުގެ ގިނަ ބަޔަކު އެބަތިއްބެވެ. ގަންޓްޒް ވަނީ ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެތައް ބަޔަކު އަދިވެސް ސަލާމަތްކުރެވިފައި ނުވާތީ އާއިލާތަކުގެ ކިބައިން މާފަށް ވެސް އެދިފަ އެވެ. 

ގަންޓްޒް ވަނީ އާ ޕްލޭނެއް ނުދީފިނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ދެއްވާފަ އެވެ. އަދި އެކަމާ ގުޅިގެން ނަތަންޔާހޫ ވަނީ އިސްތިއުފާ ނުދިނުމަށް ގަންޓްޒްއަށް ގޮވާލާފަ އެވެ.

އިޒްރޭލުގެ އަވަސް އިންތިހާބެއް ސެޕްޓެމްބަރުގައި ބޭއްވުމަށް ގަންޓްޒް ވަނީ އެޕްރިލް މަހު ގޮވާލައްވާފަ އެވެ. މަޝްހޫރުކަން ލިބިފައިވާ ގަންޓްޒް ކުރިއަށް އޮތް އިޒްރޭލުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.

ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 37600 މީހަކު ޝަހީދުކޮށްލާފައި ވިޔަސް ނަތަންޔާހޫ ބުނަމުންދާ ގޮތަށް ހަމާސްގެ ބާރު އަދިވެސް ފަލަސްތީނުގެ ގާޒާއިން ކަނޑުވައެއް ނުލެވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް