ads
ފަލަސްތީނާއެކު ދިވެހީން ޓެލެތޯނަށް އެޗްޑީސީން އެއްލައްކަ ރުފިޔާ ހަދިޔާކުރުން - ފޮޓޯ:އެޗްޑީސީ
އެޗްޑީސީން "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް އެއްލައްކަ ރުފިޔާ
"ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
Advertisement

"ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯނަށް އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި އެއްލައްކަ ރުފިޔާގެ އެހީ އާ ހަވާލުވެވަޑައިގެންފައި ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހީރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީނެވެ.

އެޗްޑީސީއަކީ މިފަދަ އެކި ހަރަކާތްތަކުގައި އެހީވުމުގައި ނަމޫނާ ދައްކަމުން އަންނަ ކުންފުންޏެކެވެ. ހުޅުމާލޭގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތް ކުރަމުން އަންނަ ކުންފުނިން ދަނީ އިޖުތިމާއީ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަށް ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ ޓެލެތޯނެކެވެ. ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ ޓެލެތޯނު މިއަދު ހެނދުނު 08:00 އިން ފެށިގެން މިރޭ ދަންވަރު 12:00 އާ ހަމައަށް ކުރިއަށްދާއިރު، މި ޓެލެތޯނުގެ ތެރެއިން މާލޭ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފަ އެވެ.

މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ފަސޭހަކަމާ އެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް