ads
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ---ފޮޓޯ:ޖަޒީރާ
އިންނަމާދޫގައި ބިދޭސީ މީހެއްގެ ގައިަގއި ތަޅާ މާރާމާރި ހިންގި ދެ މީހަކު ކޯޓުން ދޫކޮށްލައިފި
ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހެއްގެ ގައިގައި އެރަށު ދެ މީހަކު ވެގެން ތަޅާ މާރާމާރި ހިންގި މީހުން ކޯޓުން ދޫކޮށްލައިފި ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ބަންގްލަދޭޝް މީހަކަށް ހަމަލަދީ އޭނާގެ ނޭފަތްމަތި ފަޅައިގެން ގޮސް ވާތު ލޯ ކައިރިންވެސް ފަޅާލި މައްސަލާގައި ހައްޔަރު ކުރި ދެ ދިވެހިން ދޫކޮށްލީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު އިންނަމާދޫ ކޯޓަށް ދިއުމުން، މުއްދަތު މަޖިލީހުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ހުށައަޅާފައި އިއްޔެކަމަށާއި އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އުމުރުން 48 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރުގެ ދަށުން އޭޕްރިލް ހަތަރު ވަނަ ދުވަހު ހައްޔަރުކުރި ކަމަށެވެ.

"މައްސަލަ އާ ގުޅިގެން ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އޭޕްރިލް ފަސް ވަަނަ ދުވަހު އިންނަމާދޫ ކޯޓަށް ގެންދިއުމުން ކޯޓުން ދެމީހުން ވަނީ ދޫކޮށްލާފައި. މި ދެމީހުންވެސް ކޯޓުން ދޫކޮށްލާފައި ވަނީ އަނިޔާ ލިބުނު މީހާއަށް ލިބުނު އަނިޔާ ތަކުގެ ފޮޓޯ އާއި ޑޮކްޓަރުގެ ރިޕޯޓް އަދި މަންޒަރުދުށް މީހެއްގެ ބަޔާން ކޯޓަށް ހުށައަޅާފައި ވަނިކޮށް،" ފުލުހުން ބުންޏެވެ. 

އެ މީހާއަށް ހަމަލަދިނުމުން އޭނާގެ ނޭފަތްމަތި ފަޅައިގެން ގޮސް ވާތު ލޯ ކައިރިންވެސް ފަޅައިގެން ގޮސްފައި ވުމުން މުޅި މޫނު މަތި އެއްކޮށް ދުޅަވެފައިކަމަށް ވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން މި މާރާމާރީ ހިންގާފައިވަނީ 48 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ހުރި ގަސްތަކަށް އޭނާ ފެންދިން އިރު ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅުނު މެޝިން ތަކަށް ފެންބުރުމުން އެތަނުން ބިދޭސީއަކު "ބޭބޭ ފެންޖަހާއިރަށް މި ތަކެއްޗަށް ފެން އަންނަނީ" އޭ ބުނުމުން ހިތްހަމަ ނުޖެހިގެން ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް