ads
ތިލަފުއްޓަށް ކެމިކަލް ގުދަންތައް ބަދަލުކުރަން އަޅާފައިވާ ބޮޑު ގުދަން--
ކެމިކަލް ގުދަން ހެދުމުގެ މިންގަނޑު ފުރިހަމަ ކުރަން އިތުރު ތިން މަސް
ކެމިކަލް ރައްކާ ކުރާ ގުދަން ހަދާފައި ހުންނަން ޖެހޭ ގޮތުގެ ތެރެއިން، ގުދަން ހެދުމުގެ މިންގަނޑުގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ތިން މަހުގެ މުއްދަތެއް އިތުރަށް ދީފި އެވެ.
Advertisement
ކެމިކަލް ރައްކާ ކުރާ ގުދަން ހަދާފައި ހުންނަން ޖެހޭ ގޮތުގެ ތެރެއިން، ގުދަން ހެދުމުގެ މިންގަނޑުގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ތިން މަހުގެ މުއްދަތެއް އިތުރަށް ދީފި އެވެ.

ކެމިކަލް ގުދަން ހެދުމުގެ މިންގަނޑުގައި ހިމެނޭ ކަންކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ވަނީ ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދަށް އެއްވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ފަސްވަނަ މާއްދާގައިވާ ޖަދުވަލު ތިނެއްގެ ކެމިކަލް ރައްކާ ކުރާ ގުދަން ހަދާފައި ހުންނަން ޖެހޭ ގޮތުގެ ތެރެއިން، ގުދަން ހެދުމުގެ މިންގަނޑުގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ދެވޭ މުއްދަތު ތިން މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކެމިކަލް ރައްކާ ކުރާ ގުދަން ހަދާފައި ހުންނަން ޖެހޭ ގޮތަކީ ކެމިކަލް ރައްކާ ކުރާ ގުދަނުގެ އެތެރޭގައި ޕާޓިޝަން ޖަހާ ނަމަ އެފަދަ ޕާޓިޝަންތަކާއި ގުދަނުގެ ބޭރު ފާރުތަކާއި ޕާޓިޝަންތައް ހަދާފައި ހުންނަން ވާނީ މަދުވެގެން ނުވަދިހަ މިނިޓުގެ ފަޔަ ރެސިސްޓެންޓް މެޓީރިއަލަކުން ކަމަށް ވާން ޖެހެ އެވެ.

އަދި ކެމިކަލް ރައްކާ ކުރެވޭ ގުދަނުގެ ދޮރުތަކަކީ ނުވަދިހަ މިނިޓުގެ ފަޔަ ރެސިސްޓަންޓް ދޮރުތަކެއް ކަމުގައި ވާންވާނެ ކަމަށާއި ކެމިކަލް ރައްކާ ކުރާ ގުދަން ތަކުގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއިން ކަނޑައަޅާ ގޮތެއްގެ މަތީން އެކްޓިވް އަދި ޕެސިވް ފަޔަ ޕްރޮޓެކްޝަން ސިސްޓަމް ގާއިމް ކުރަން ވާނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން ގުދަން ހެދުމުގެ މިންގަނޑުގެ ކަންކަން ގުދަނުގައި ފުރިހަމަ ކުރުމަށް، 24 ޑިސެމްބަރ 2019 އިން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ 24 ގެ ނިޔަލަށް މުއްދަތު އިތުރުކުރެވިފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

މި ބަދަލުތައް ގެނައުމަށް ސަރުކާރުން ނިންމާފައިވާ އިރު މާދަމާގެ ކުރިން މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކުންފުނިތަކަށް ވަނީ އަންގާފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، މާލޭގެ އަބަދަށް ފެހި މަގުގައި ކެމިކަލް ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފެދި ސަރުކާރުން ވަނީ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމައި، އެ މަސައްކަތް ފަށާފަ އެވެ.

ކެމިކަލް ގުދަން ކުރުމާއި ބެހޭ ގަވާއިދެއް އެންމެ ފުރަތަމަ ރާއްޖޭގައި އެކުލަވާލީ ވެސް އަލިފާނުގެ އެ ހާދިސާއަށް ފަހު އެވެ. އޭގައި ކެމިކަލް އެތެރެ ކުރަން ހުއްދަ ދޭ ޝަރުތުތަކާއި، ގުދަނުގައި ހުންނަން ޖެހޭ މިންގަނޑުތައް ބަޔާންކޮށްފައި ވެއެވެ. އަދި ގަވާއިދާ ހިލާފުވެއްޖެ ނަމަ ބޮޑެތި ޖޫރިމަނާގެ އިތުރުން ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ބާތިލް ކުރުމުގެ ބާރު ޑިފެންސް މިނިސްޓްރީއަށް އޮވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް