ads
އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް އައިލެންޑްގެ ލަގަބު ދިން ފުރަތަމަ ރަށް، ލަންދޫއަށް ހަނދާނީ ފިލާ އަރުވަނީ - ފޮޓޯ:އުރީދޫ
ފުރަތަމަ ޑިޖިޓަލް އައިލެންޑް، ލަންދޫއަށް އުރީދޫން ހަނދާނީ ފިލައެއް
އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް އައިލެންޑްގެ ލަގަބު ދިން ފުރަތަމަ ރަށް ކަމަށްވާ ނ. ލަންދޫއަށް ހަނދާނީ ފިލައެއް ދީފި އެވެ.
Advertisement

ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑަކީ ލަންދޫކަން ފާހަގަކުރުމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުލް އަޒީޒަށް ހަނދާނީ ފިލާ އަރުވާފައި ވަނީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. ހަނދާނީ ފިލާ އެރުވުމުގެ އިތުރުން ނިޔާޒް ވަނީ ލަންދޫގެ ރަސްމީ ވެބްސައިޓް ވެސް އިފުތިތާހުކޮށްދެއްވާފަ އެވެ.

މި ހާއްސަ ލަގަބު ލަންދޫއަށް ދީފައި ވަނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ. ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވަމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓުގައި ވަނީ އަލިއަޅުވާލާފަ އެވެ.

އުރީދޫން ބުނީ ލަންދޫ ކައުންސިލާ ގުޅިގެން އެ ކުންފުނިން އިސްނަގައިގެން އެ ރަށުގެ އިޖުތިމާއީ އަދި އިގުތިސޯދީ މަންޒަރަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ވިޔަފާރި ދާއިރާ ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުވުމަށް އިތުރު މަގުތައް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެފަހުގެ ޓެކްނޮލޮޖީ އާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެކަން އެ ކުންފުނިން ކަށަވަރުކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް