ads
ކުޑަހުވަދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން -
ފަލަސްތީން ރައްޔިތުންގެ ހައްގުގައި ކުޑަހުވަދޫގައި މިއަދު ހިނގާލުމެއް
ގައުމީ ފެންވަރުގައި މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަމުން އަންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ ދ. ކުޑަހުވަދޫގައި ފަލަސްތީންގެ ރައްޔިތުންގެ ހައްގުގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
Advertisement

ގައުމީ ފެންވަރުގައި އީދު ފާހަގަކުރަން ނިންމާފައި ވާތީ، އެރަށުގައި ސަގާފީ ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރު ފަލަސްތީނުގެ ލޮބިވެތި ރައްޔިތުންގެ ހައްގުގައި "ފަލަސްތީނާއެކު ކުޑަހުވަދޫ" ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.

މި ހިނގާލުން ކުރިއަށްގެންދާނީ މާދަމާ ހަވީރު 4:30 އިން 5:30 އަށެވެ. ހިނގާލުން ފެށޭނީ ކުޑަހުވަދޫގެ މެހެމާން ސަރާ ސަރަހައްދުންނެވެ. 

ފަލަސްތީނަށްޓަކައި ބާއްވާ ހިނގާލުމާ ބެހޭ ގޮތުން ކުޑަހުވަދޫ ކައުންސިލުން ބުނީ މި ހަރަކާތް ވާނީ ރާއްޖޭގެ ރަށެއްގައި ފަލަސްތީނުގެ ހައްގުގައި ބާއްވާނެ އެންމެ ބޮޑު ހަރަކާތަށް ކަމަށެވެ. އެގޮތުން މި ހިނގާލުމުގެ ތެރޭގައި ފަލަސްތީނަށް އެހީވާން ފައިސާ އެއްކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ.

ރަށުގައި އިއްޔެ ހިންގި ހަރަކާތްތަކުގެ ތެރޭގައި ވެސް ފަލަސްތީނަށް އެހީވާން ފައިސާ ހަދިޔާކުރަން ފަންޑް ފޮއްތެއް ބެހެއްޓި އެވެ.

މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މީޑިއާއިން ވެސް ފަންޑު ފޮށިތައް ބެހެއްޓި އެވެ. ޕީއެސްއެމުން ކުރިއަށް ގެންދިޔަ ޓެލެތޯނަށް 14 މިލިއަން ރުފިޔާ ލިބުނެވެ.

ފަލަސްތީނާ އެކި އަބަދު ވެސް ދިވެހިން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން މީގެ ކުރިން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާފައިވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް