ads
އެމްބާޕޭ
އޮސްޓްރިއާއަށް އެމްބާޕޭ ހިފެހެއްޓޭނެތަ؟
ޔޫރޯ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އެއް ޓީމުކަމަށްވާ ފްރާންސް، މިރޭ އޮސްޓްރިއާއާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ ސްޓާ ޕްލެޔަރު ކީލިއަން އެމްބާޕޭ، އޮސްޓްރިއާއަށް ހިފެހެއްޓޭނެތޯ މިއީ ސުވާލެކެވެ.
Advertisement

މި ފަހަރުގެ މުބާރާތަށް ނުކުތްއިރު، އޮސްޓްރިއާގެ އެންމެ ބޮޑު އަމާޒަކަށް އޮތީ ޔޫރޯގައި ރަނގަޅު ނަތީޖާއެއް ހޯދުމެވެ. އެ އަމާޒަށް ދަތުރުކުރުމުގެ މަސައްކަތް މިރޭ ފަށާއިރު، އޮސްޓްރިއާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ އެމްބާޕޭ ހިފެހެއްޓުމެވެ. 

އޮސްޓްރިއާގެ ކޯޗު، ރަންގްނިކް ބުނި ގޮތުގައި ފްރާންސަކީ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނަސް، ފްރާންސްދެކެ ޖެހިލުމެއް ނުވެއެވެ. ރަގްނިކްގެ އަމާޒަކީ އޮސްޓްރީ ނޮކްއައުޓް ބުރަށް ކޮލިފައިކުރުމެވެ.

އޮސްޓްރިއާ އާއި ފްރާންސް ވަނީ މީގެ ކުރިން 25 ފަހަރު ކުޅެފައެވެ. އޭގެ ތެރެއިން ފްރާންސުން 13 މެޗު ކާމިޔާބުކުރިއިރު، އޮސްޓްރިއާ އިން ނުވަ މެޗުން މޮޅުވި އެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ފްރާންސް މިރޭ ނުކުންނާނީ އެމްބާޕޭގެ ކެޕްޓަންކަމުގައެވެ. ވޯލްޑްކަޕްގެ ފައިނަލުން ބަލިވި ފްރާންސްއާ، އޮސްޓްރިއާގެ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް