ads
އެމްބާޕޭ އަދި ކާންޓޭ
ފްރާންސް ސަލާމަތްވީ ހަމަ ކިރިޔަ ކިރިޔާ
މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި ހިމެނޭ، ފްރާންސްއިން އޮސްޓްރިއާ އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
Advertisement

ރޭ އޮސްޓްރިއާއާ ފްރާންސް ކުޅުނު މެޗުން ފްރާންސް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި ލަނޑަކީވެސް އޮސްޓްރިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެއީ އެމްބާޕޭ ނެގި ހުރަހެއް ދިފާއުކުރަން އަރައި، އޮސްޓްރިއާގެ ޑިފެންޑަރު، މެކްސްމިލިއަން ވޮބާ ބޮލުން ޖެހި ވަތް ލަނޑެކެވެ.

މި މެޗުގައި ފްރާންސްގެ ސްޓާ ޕްލެޔަރު އެމްބާޕޭވަނީ ފަހު ވަގުތު ބަދަލު ކުރަން ޖެހިފައެވެ. އެމްބާޕޭ ބަދަލު ކުރީ ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިއެއްގެ ކޮނޑުގައި ޖެހި ނޭފަތް ފަޅައިގެން ގޮސް ލިބުނު އަނިޔާއާއެކުއެވެ. މި މެޗުގައި ފްރާންސްގެ ގްރީޒްމަންގެ ބޯވެސް ފަޅައިގެން ދިޔައެވެ. ގްރީޒްމަންގެ ބޯ ފެޅުނީ ދަނޑު ބޭރުގައި ހުންނަ އިޝްތިހާރު ބިލްބޯޑެއްގައި ޖެހިއެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުން ރޭ ނެދަލެންޑްސް ވަނީ ފަހަތުން އަރައި 2-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ. ފްރާންސަށް ދެން އޮތީ ނެދަލެންޑްސް މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް