ads
އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު
ގާމެންޓް ފެކްޓްރީއާއެކު އައްޑޫގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ: ނިޒާރު
އައްޑޫގައި ގާއިމު ކުރަން ނިންމާފައިވާ ގާމެންޓް ފެކްޓްރީއާއެކު އައްޑޫގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ، ގާމެންޓް ފެކްޓަރީގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށެވެ.

ރާއްޖޭގައި ކާމިޔާބުކަމާއެކު ގާމެންޓް ފެކްޓުރީތައް ހިނގިދާނެ ކަމަށާއި، އަދި އައްޑޫ ސިޓީފަދަ ބިންބޮޑު ތަނެއްގައި މިއީ ކުރަން ވަރަށް މުހިންމު ކަމެއް ކަމަށް ނިޒާރު ވިދާޅުވި އެވެ. 

ނިޒާރު ވިދާޅުވީ، އައްޑޫގައި ގާމެންޓް ފެކްޓްރީތައް ހިންގިއިރު ދުނިޔޭގެ ނަން މަޝްހޫރު ބައެއް ބްރޭންޑްތައް ވެސް އުފެއްދުނު ކަމަށާއި، އޭރު އައްޑޫވަނީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދާފައި ވާ ކަމަށެވެ. 

"އޭރެ ގާމެންޓް ފެކްޓްރީން ވިއްކި ބައެއް ތަކެތީގެ ތެރޭގައި ޓޮމީ، ވިކްޓޯރިއާސް ސީކްރެޓްގެ ބަހެއްކަހަލަ އައިޓަމްތައްވެސް އައްޑޫގަ އުފައްދައިގެން އެކްސްޕޯޓްކޮށްފައިވޭ" ނިޒާރު ވިދާޅުވި އެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ، ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފަ އޮތް އޮތުން ނިމުމަކަށް ގެނެސް އެހެން އިންޑަސްޓްރީތައް ކުރިއަރުވަން ޖެހޭ ކަމަށާއި، އައްޑޫ ފަދަ ބިން ބޮޑު ސިޓީއެއްގައި ފުޅާ ދާއިރާއެއްގައި ގާމެންޓް ފެކްޓްރީ ހިންގުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް