ads
މޭޔަރު އާޒިމް
ރާއްޖެ މިއޮތީ ކުޅޭ ކުޅޭ ތަނަަކަށް ބަދަލުވެފައި، ގާނޫނު ތަންފީޒު ނުކުރެވޭ: އާޒިމް
ރާއްޖެ އާ މާލޭ ސިޓީ މިއަދު އޮތީ ކުޅޭ ކުޅޭތަަނަކަަށް ބަދަލުވެފައި ކަަމަށާއި ރާއްޖެގައި ގާނޫނު ތަންފީޒު ނުކުރެވޭކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އާޒިމް ވިދާޅުވީ މާލެ ތޮއްޖެހިގެން ދިއުމުގެ ބޮޑު ޒިންމާއެއް ޓްރާސްޕޯޓް މިނިސްޓްރީން ނަގަންޖެހޭކަަމަށެވެ. ޓްރާސްޕޯޓް މިނިސްޓްރީގެ އިތުރުން ސިޓީ ކައުންސިލުންވެސް ގަރާޖު ސިޓީ ދޫކުރަނީ ދޭން ވާގޮތައްނޫންކަަމަށާއި، މިހާރު ގަރާޖު ސިޓީ ދޫކޮށްފައި އޮތް ގޮތުގެ ސަބަބުން ބޮޑެތި މައްސަަލަތަކާ ކުރިމަތިލާން ޖެހޭކަަމަށާއި އެކަން އެގޮތައް ކޮށްގެން ނުވާނެ ކަމަށް އާދަމް އާޒިމް ވިދާޅުވި އެވެ.

"އެކަހަަލަ ކަންތައް ކުރާ މީހުންނަށް އަދަބުވެސް ލިބެން ޖެހޭނެ، އެހެންނަމަވެސް މި ފެނިގެންދަނީ އެގޮތައް އެކަންކޮށްފަ އެބަ އުޅެވޭތަން، އަޅުގަނޑު މި ބުނަނީ މާލޭ ސިޓީ ނޫނީ ދިވެހި ރާއްޖެ ކުޅޭ ކުޅޭ ތަނަަކަށް ބަދަލުވެފަ މިއޮތީ، ގާނޫނު ތަންފީޒެއް ނުކުރެވެއޭ، ގާނޫނު ތަންފީޒްކުރުމުގެ އިދާރާތައް އެހާ ބަލިކަށިވެފަ މިތިބީ، އެހެންވީމާ އެ ކުޅޭ ކުޅޭ ތަނެއް ގޮތުގައި އޮންނަން ނޫނީ ކުޅޭ ކުޅޭތަނެއް ގޮތުގައި އަޅުގަނޑުމެންގެ ދަރީންނަށް މާލޭ ދޫކޮށްފަ ނުވަތަ ދިވެހި ރާއްޖެ ދޫކޮށްފަ ދާންވީތޯ؟ އެ ސުވާލަަށް ޖަވާބު އަޅުގަނޑުމެން ދޭން ޖެހޭ މިއަދު" މޭޔަރު އާޒިމް ވިދާޅުވި އެވެ.

މާލޭގައި ދުއްވޭނީ ކިތައް އުޅަނދައްކަން އެނގިގެން ދާނީ ސްޓަޑީއެއް ހެދުމަށްފަހު ކަމަށާއި މިހާރު  ބައެއް ހިސާބުތަކުން ކެރީން ކެޕޭސިޓީގެ 70 އިންސައްތައަށްވުރެ އިތުރަށް މާލޭގައި އުޅަނދުތައް އެބަހުރިކަމަށް ސިޓީ ކައުންސިލަަށް ލަފާކުރެވޭކަމަށް އާޒިމް ވިދާޅުވި އެވެ.

ރައްޔިތުން ތަންތަނަށް އިންތިހާބުކޮށްފަ މި ހުރީ އެންމެންނަށް މިއަށް ވުރެ ހިތްފަސޭހަަކޮށް އުޅޭވޭނެ ގާނޫނާ ގަވައިދު ތަންފީޒުކުރާ، ސަލާމަތާއި ރައްކާތެރިކަން އޮތް މާލެ ސިޓީއެއް ރާއްޖޭގެ ރައްޔިތުންނަށް ހޯދާދިނުމުގެ މަގްސަދުގައި ކަމަށް މޭޔަރު އާޒިމް ފާހަގަކުރެއްވި އެވެ. އެހެންވީމާ ގައުމުގެ ޒިންމަާތަކަށް ހަވާލުވެފައި ހުރި ފަރާތްތަކުން ރަނގަޅަށް ކަންތައް ކުރަންޖެހޭކަމަށް ފާހަގަކޮށް އާޒިމް ވިދާޅުވީ ކެރީން ކެޕޭސިޓީ ކަނޑައެޅިގެން އަންނަ އިރުގަގިނަ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނިގެންވެސް ދާނެކަމަށެވެ.

"އެހެންވެއްޖެކަމަށްވާނަަމަ ދެން އޮންނާނީ ކާރަަކަށް ދުއްވޭނީ ކިތައް ދުވަހަކުތޯ މިތަނުގަ، ނޫނީ ބޮޑު ހެވީ ވެހިކަލްއަަކަށް ދުއްވޭނީ ކިހާ ދުވަހަކުތޯ މިތަނުގަ، ސައިކަލަކަށް ދުއްވޭނީ ކިހާ ދުވަހަކުތޯ މިތަނުގަ، އެއްޗެހިތައް ކަނޑައެޅިގެންދާނެ" އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް މީހުން އިމްޕޯޓްކުރެވެންޏާ ރަޖިސްޓްރީ ކުރެވެން ޖެހޭނެއޭ ކިޔަމުން އަންނަ ވާހަކައަށް އަލިއަޅުއްވާލަމުން އާޒިމް ވިދާޅުވީ އެއީވެސް ދައްކަން ހުރި ގާނޫނާ ގުޅޭ ވާހަކަތައްކަަމަށެވެ.

"ސިޓީ ކައުންސިލުން ކުރާ ކަމެއް ނޫން، ގާނޫނުން ކުރާކަމެއް މީ ގާރާޖު ސިޓީ ދޭން ޖެހޭ އުސޫލު އެއީ ގާނޫނުން ނިންމާފައި އޮންނަ ކަމެއް، ޓްރާންސްޕޯޓް މިނިސްޓްރީއަކުންވެސް ނޫން، ސިޓީ ކައުންސިލަކުންވެސް ނޫން ގަރާޖު ސިޓީ ދޫކުރުމުގައި ގަވާދު ހަދާފައި އޮތީ، ގާނޫނު ހަދާފައި އޮތީ މަޖިލީހުން" އާޒިމް ވިދާޅުވި އެވެ.

އިމްޕޯޓް ކުރެވެންޏާ ރެޖިސްޓްރީ ކުރެވޭނެ އޭ ބައެއް މީހުން ބުނާ ބުނުމަށް ރައްދުދެއްވަމުން އާޒިމް ވިދާޅުވީ ރާއްޖެއަށް އިމްޕޯޓްކުރެވޭނީ ހަަމައެކަނި ވެހިލަކަލްއެއް ނޫންކަމަށާއި ރާއްޖެއަށް ހުރިހާ އެއްޗެއްވެސް އިމްޕޯޓްކޮށްއުޅޭކަމަށެވެ. އަދި އިމްޕޯޓްކުރަނީ ގުދަނަށް ކަަމަށާއި ގުދަނެއް ނެތި ރާއްޖެއަށް އެއްވެސް އެއްޗެއް އިމްޕޯޓެއް ނުކުރެވޭނެކަން ގަވާދުގައި ވާކަމަށް އާޒިމް ފާހަގަކުރެއްވި އެވެ. 

"އެހެންވީމާ ވަކި އެއްޗަކީ މަގުމަތީގާ ގުދަނަށް ހަދައިގެން އުޅޭކަށެއް ނޫން އޮތީކީ، އެހެންނޫންނަމަ ކާރު އިމްޕޯޓް ކުރާ ފަރާތްތަކަށްވެސް ގުދަން ހުރިއްޔާ އިމްޕޯޓް ކުރުމަކީ މައްސަލައެއް ނޫނޭ" އާޒިމް ވިދާޅުވި އެވެ.

ގަވާދު ހަދާފައި އޮތީ ވަކި އެއްޗެއް މަގުމަތީގަ ގުދަނަށް ހަދައިގެން އުޅޭކަށެއް ނޫން ކަމަށާއި އެހެންނޫންނަމަ ކާރު އިމްޕޯޓް ކުރާ ފަރާތްތަކަށްވެސް ގުދަން ހުރިއްޔާ އިމްޕޯޓް ކުރުމަކީ މައްސަލައަކަށް ނުވާނެކަމަށް އާޒިމް ވިދާޅުވިއެވެ. ގާނޫނުގައި ވާގޮތުގެ މަތިން މިހާރު ރަޖިސްޓްރީ ކުރެވޭނީ ގަރާޖެއް އޮވެގެން ކަމަށާއި އެގޮތަށް ބަރާބަަރަށް ހިނގާ ކަމަށް ވެއްޖެއާމުން، މާލޭގައި ތޮއްޖެހުންޖަންތައް ކުޑަ ވެެގެން ދާނެކަމަށް އާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް