އޭނާ އަވަހަރާވީ ރޭގެ ވަގުތެއްގައެވެ.
ސާލިހް އަލްޝައިބާއަކީ ގެފުޅުގެ ތަޅުދަނޑި ބަލަހައްޓަމުން އައި އެންމެ އިސްވެރިޔާ އުސްމާން އިބްނު ތަލްހާގެ ފަހުން އެ ތަޅުދަނޑި ވާރުތަވި 109 ވަނަ ބޭފުޅާއެވެ.
ޝައިހް ސާލިހް އަލްޝައިބާގެ ކަށު ނަމާދު އޮތީ މިއަދުގެ ފަތިސް ނަމާދަށްފަހު ހަރަމްފުޅުގައެވެ. އަދި ފަސްދާނުވެޑުވީ އަލް މުއައްލާ ގަބުރުސްތާނުގައެވެ.
ގެފުޅުގެ ދޮރުކޮޅުގެ ތަޅުދަނޑީގެ ވެރިޔާ ޝައިހް ސާލިހް އަލްޝައިބާ ގެފުޅުގެ ދޮރުކޮޅޫ ހުޅުވަނީ
ކީރިތި ރަސޫލާގެ ދުވަސްވަރުން ފެށިގެން މިހާތަނަށްވެސް ގެފުޅުގެ ދޮރުކޮޅުގެ ތަޅުދަނޑި ވާރުތަވަމުން އަންނަނީ އުސްމާން އިބްނު ތަލްހާގެ އާއިލާގެ ތެރޭގައެވެ. ދެން މި ތަޅުދަނޑި އަނެއްކާވެސް ވާރުތަވާނީ ޝައިހް ސާލިހް އަލްޝައިބާގެ އާއިލީ ބޭފުޅަކަށެވެ.