ads
މަސްވެރިންގެ ޝަކުވާތައް ފިޝަރީޒް މިނިސްޓަރު ޝިޔާމް އައްސަވަނީ: ވިދާޅުވެފައި ވަނީ މަސްވެރިންގެ އަޑު އިވޭ ކަމަށް
އައްޑޫ މުޒާހަރައިގެ ބައިވެރިންގެ އަޑު މިދަނީ އަހަމުން: މިނިސްޓަރު
އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން އަނެއްކާވެސް މުޒާހަރާ ކުރަން ފެށުމުން އެ މީހުންގެ އަޑު އަހަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން ނުދޭ ކަމަށް ބުނެ އިއްޔެ މެންދުރު ފަހުން ފެށިގެން އައްޑޫގެ މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

ފުލުހުން މިއަދު މީޑީއާތަކަށް ބުނީ، ހުޅުމީދޫގެ މިފްކޯ ބަނދަރުގައި 80 ވަރަކަަށް މަސްވެރިން މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި އެ މުޒާހަރާ މިއަދު 14:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ވެސް މަސްވެރިން ބުނެފައިވާ ކަމަށެވެ.

ސަރުކާރު ބަދަލުވި ފަހުން ކިރާ މަހަށް ފައިސާ ލިބުން ލަސްވާ މައްސަލާގައި މަސްވެރިން ކުރަމުންދާ މުޒާހަރާތައް ގިނަވެ "ހޫނު ފެނުގައި" ހުންނެވި މަސްވެރިންގެ މިނިސްޓަރު މިއަދު އެކްސް ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ.

އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް ދަނީ ހިއްސާ ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުޒާހަރާ ކުރަމުންދަނީ އެމީހުންނަށް ހައްގުވާ ފައިސާ ހޯދަން ކަމަށާާއި އެ މީހުންގެ އާއިލާތައް މިހާރު ދަރަނިވެރިވެ ހާލުގައިޖެހިފައިވާ ކަމަށް އެ މީހުން ބުނެފައިވެއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މަސްވެރިންނަށް ނުދީ ހުރީ 80 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ ތެރެއިން 46 މިލިއަން ރުފިޔާ މިމަހުގެ 13 ވަނަ ދުވަހު މަސްވެރިންނަށް ޖަމާ ކުރާނެ ކަމަށް ކުރިން ވަނީ ބުނެފައެވެ.

ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ ފެބްރުއަރީ މަހު މަސްވެރިން ވަނީ ގއ. ކޫއްޑޫގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި މި މަހު ވެސް މާލޭގައި ވަނީ މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާތައް ހުއްޓާލީ މަސްވެރިންނަށް މިފްކޯ އިން ދޭންޖެހޭ ފައިސާގެ ބޮޑު ބައެއް ދެއްކި ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް