މިފްކޯއަށްް މަސްކިރުވުމަށް ފައިސާ ނުދީގެން މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ދަނީ މުޒާހަރާކުރަމުންނެވެ.
މުޒާހަރާކުރާ މަސްވެރިން ގޮވާލަމުންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.
މި މުޒާހަރަތާކަށްް ރައްދު ދެއްވާ ބާރަށު ދާއިރާގެ މެމްބަރު ސުޖާއު ވިދާޅުވީ މަސްވެރިން މުޒާހަރާކުރަމުން ދަނީ އެމީހުންނަށް ނުދީ ހުރި ފައިސާކޮޅު ލަސްތަކެއް ނުވެ ދޭނެކަން އިދިކޮޅު އެމްޑީޕީއާ ޕީއެންއެފަށްް ޔަޤީންވާތީ ކުރާ މުޒާހަރާއެއްކަމަށެވެ. އަދި އެކަން ހިނގާގޮތް ވަރަށް ރަނގަޅަށް ސާފުކޮށް އެނގޭކަމަށްވެސް ސުޖާއު ވިދާޅުވިއެވެ. "
ސުޖާއު ވިދާޅުވީ ރައީސްް މުއިއްޒުގެ ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެކަމަށެވެ.
މަސްވެރިން ކުރަމުންގެންދާ މުޒާހަރާއާގެ ސަބަބުން މިފްކޯ އައްޑު ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވާކަމަށާއި އެ އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރޭ ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މަސްފެކްޓަރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އިދާރާއިން އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރލުން ބޭނުންވާކަމަށެވެ. އަދި ގާނޫނާއި ގަވައިދާ ހިލާފުކަމެއް ނުކުރުމަށްވެސް ފުލުހުން ވަނީ މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.