ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ބޭރާ އެތެރޭގެ ދަރަނި ދައްކަން 13 ބިލިއަން ހޭދަކޮށްފިން: ރައީސް
ސަރުކާރު ވެރިކަމާއި ހަވާލުވިތާ 7 މަސް ދުވަސްވެފައިވާއިރު، އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ރައީސްކަން ކުރައްވާ ކޮންގްރެސް ޕާޓީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް 7 ބިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށެވެ.

"ޖުމްލަ 11 ބިލިއަން ރުފިޔާ އަޅުގަނޑުމެން ދައްކައިފިން، ފައިސާ ޗާޕުނުކޮށް، އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ތަރައްގީގެ މަސައްކަތްތަކާއި އަދިވެސް މުހިންމު ގިނަ ކަންތައްތައް ކުރަމުން ފައިސާ ދައްކަމުން މި ދިޔައީ،" އެ މަނިކުފާނު ވިދާޅުުވި އެވެ.

މީގެ އިތުރުން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޭރަށް ދައްކަން ޖެހޭ އެއްވެސް ލޯނެއް ތާރީހަށް ނުދެއްކި ނޯންނާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ، މި ސަރުކާރުގައި ނިމިދިޔަ 7 މަސްތެރޭގައި 54 މިލިއަން ޑޮލަރު ސޮވެރިން ފަންޑަށް ޖަމާކުރި ގޮތަށް މި އަހަރު ނިމޭއިރު، އެ އަދަދު 100 މިލިއަނަށް އެރުވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. އަދި އެމަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް މި ފަންޑަށް ފައިސާ ޖަމާކޮށް އިތުރުކުރަމުންދާނެ ކަމަށާއި މި އަހަރު ނިމޭއިރު 100 މިިލިއަން ޑޮލަރަށްވުރެ އިތުރަށް ވެސް އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ.

"މިވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި އޮތީ ދައްކާފައި. މި ހަގީގަތް ފޮރުވަން [އިދިކޮޅު] ބޭފުޅުން އެ މަސައްކަތް ކުރައްވަނީ. އަޅުގަނޑުމެން ވާހަކަ ދައްކާނީ ތެދުބަހުން،" ރައީސް ވިދާޅުވި އެވެ.

މިއީ މިދިޔަ ހަތް މަސް ދުވަހު ސަރުކާރުން ހޯއްދި ބޮޑު ކާމިޔާބެއް ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވާދަވެރި ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރައިގެން ސަރުކާރުން ހޯދަމުންދާ އިގުތިސޯދީ ކާމިޔާބީތައް ފޮރުވަންކަމަށެެވެ. އެހެންކަމުން ޕީއެންސީގެ މައި ޖަގަހަކަމަށްވާ ޕީއެންސީ ހައުސް މެދުވެރިކޮށް ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހަގީގަތް ހާމަކޮށްދޭންޖެހޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް