އިކޮނަމިކް މިނިސްޓްރީން ބުނީ، މިނިސްޓަރު ޗައިނާގެ ޑާލިއަންގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ސައީދު، ވިޔަފާރީގެ ދާއިރާ ކުރިއެރުވުމާއި ގުޅޭ ކަންކަމާ ގުޅޭ ގޮތުން ޗައިނާގެ ކޮމާސް މިނިސްޓަރާއި އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ މާލީ ހާލަތު ހަރުދަނާ ކުރުމަށް މީގެ ކުރިން ސައީދު ވަނީ އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފަ އެވެ.
އެ ދަތުރުފުޅުގައި އެ ގައުމުގެ ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންތަކުގެ އިތުރުން ފައިނޭންޝިއަލް ސެކްޓަރުގައި ހިމެނޭ ބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފަ އެވެ.