ads
ތިން ވަޒީރުން ޗައިނާގައި
ތިން ވަޒީރަކު ޗައިނާގައި، ޒަމީރު އެމެރިކާގައި
ރަސްމީ ދަތުރުތަކެއްގައި ތިން ވަޒީރަކު ޗައިނާއަށް ވަޑައިގެންފިއެވެ.

ޗައިނާއަށް ވަޑައިގަތީ އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދާއި އިސްލާމީ ކަންތައްތަތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސިއްހަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލުއެވެ. 

ތިން ވަޒީރުންގެ ވުޒާރާގެ މައުލޫމާތުތަކަށްް ބަލާއިރު ތިން ވަޒީރުންވެސް ޗައިނާއަށް ދިޔައީ ވަކި ވަކި ފޯރަމްތަކެއްގައި ބައިވެރިވާށެވެ. 

އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ޗައިނާއަށްް ވަޑައިގެން އުޅުއްވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެޑއިގަތުމަށެވެ. މި ފޯރަމް ކުރިޔަށްދަނީ މި ފޯރަމް ކުރިޔަށްް ދާނީ އަންނަ ބުރާސްފަތު ދުވަހުގެ ނިޔަލަށެވެ. 

ޝަހީމްގެ ދަތުރުފުޅަކީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޗައިނާގެ ސިންޖިއަން ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

ޑރ. ހަލީލްގެ ދަތުރުފުޅަކީ ހުކުރު ދުވަހުގެ ނިޔަލަށްް ކުރިއަށްދާ ސަގާފީ ބޭސްވެރިކަމަށް ހާއްސަ ކުރެވިގެން ބާއްވާ ފޯރަމް ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ފޯރަމްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

your imageފޮރިން މިނިސްޓަރު ޒަމީރު އާއި ޔޫއެސްއޭއައިޑީ ގެ އެޑްމިނިސްޓްރޭތަރު

ޒަމީރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ފުރާވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގައެވެ. ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި އެމެރިކާގެ އެހީދޭ ޖަމާއަތްތަކާއި ވަޒީރު ބައްދަލުކުރައްވާނެކަމަށާއި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް މަޝްވަރާކުރައްވާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް