ads
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ
މޯދީ ހުވާކުރުމުގައި ބައިވެރިވާން ދައުލަތުން 1.4 މިލިއަން
އިންޑިއާގެ ބޮޑު ވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމަށް ކުރެއްވުި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް ޑރ. މުއިއްޒު ހިމަނިވަޑައިގަންނަވާ ގޮތަށް ދިވެހި ވަފުދެއް އެގައުމަށް ދިޔައީ މިމަހުގެ 8 ވަނަދުވަހު 11ގެ ނިޔަލަށެވެ.  

ރައީސް އޮފީހުން ބުނީ މި ދަތުރުގައި ރާއްޖެއިން 20 މީހުން ބައިވެރިވިކަމަށެވެ. އަދި މި ދަތުރަށް ދިވެހި ދައުލަތުން 1،440،170.33 ދިވެހހި ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. ދަތުރަށް ހޭދަވި ޖުމްލަ އަދަދު ބުނުމުގެ އިތުރުން ހަރަދުތައް ހިނގި ގޮތް ވަކިވަކިން ތަފްސީލުތައް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ. 

މި ދަތުރަށް ދައުވަތު ލިބުނީ ވަގުތު ވަރަށް ކުޑަތަންވެފައިވަނިކޮށްކަމުން ދިވެހި ވަފްދު ދަތުރުކުރީ ދުބާއީ އަދި ސްރީލަންކާ މަގުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. އެހެންކަމުން ޓްރާންސިޓްކުރުމާއެކު ދަތުރުގައި ކޮންމެ ފަހަރަކުވެސް 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ހޭދަވިކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

ރައީސް އޮފީހުން ބުނީ މި ދަތުރުގައި ބައިވެރިވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ އަވައްޓެރި ގައުމަކަށް ވުމުންކަމަށެވެ. އަދި އިންޑިއާގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި މީގެ ކުރިންވެސް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެފައިވާތީ އެ އާދަކާދަ ހިފެހެއްޓުމަށްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް