ads
ވަޒީރު އާދަމް ޝަރީފު އުމަރުވެސް ޗައިނާއަށް ވަޑައިގެންފި. 5ޖީ ހިދުމަތް ދޭ ގޮތް މި ދަތުރުގައި ބަލާނެކަމަށް ވިދާޅުވި
5 ޖީ ހިދުމަތްދޭ ގޮތް ބަލަން އާދަމް ޝަރީފު ޗައިނާއަށް
ސިޓީސް، ލޯކަލް ގަވަރުމެންޓް އެންޑް ފަބްލިކްސް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރުވެސް ރަސްމީ ދަތުރެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
Advertisement

މިނިސްޓަރުގެ މި ދަތުރުގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުރިއެރުމާ، ރައްޔިތުންގެ ލާބަޔާ މަންފާއަށް ޓަކައި މޯބައިލް ހިދުމަތް އެންމެ އެކަށޭނަ ގޮތުގައި ދެވޭނެ ގޮތް ދެނެގަތުމަށް 5 ޖީގެ ހިދުމަތް ޗައިނާގައި ދޭ މަޝްހޫރު ފަރާތްތަކާއެކު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށްް އެ މިނިސްޓްރީން ބުނެއެވެ. 

މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ޗައިނާގައި 5 ޖީ މޯބައިލް ހިދުމަތް ދިނުމުގައި އެންމަ ކުރިއަރާފައިވާ ފަރާތްތަކާއެ އެކު މި ދަތުރުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާނެކަމަށެވެ. އަދި އެ ހިދުމަތް ދެމުން އަންނަ ގޮތުގެ އިތުރު މައުލޫމާތު ހޯދާނެކަމަށްވެސް އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. 

އާދަމް ޝަރީފު އުމަރު ޗައިނާއަށްް ފުރާވަޑައިގެންއިރު މިވަގުތުވެސް ދައުލަތުގެ ތިން ވަޒީރަކު އުޅުއްވަނީ ޗައިނާގައެވެ. އެއީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. މި ތިން ވަޒީރުންވެސް ޗައިނާގައި އުޅުއްވަނީ އެކިއެކި ފޯރަމްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް