ads
ފަލަސްތީނު ހިނގުން ކިޔައިފައިވަނީ މާފަނުން މަދުރަސާ ފުރަގަހުން އަލަށް ހެދި ގޯޅިއަށް
މާފަންނުކޮޅު މަގަކަށް "ފަލަސްތީނު ހިނގުން" ކިޔައިފި
މާފަންނު މަދުރަސާގެ ފުރަގަހުން އޮތް ގޯޅިއަށް " ފަލަސްތީނު ހިންގުން" ކިޔަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
Advertisement

މާލޭގެ މަގަކަށް ފަލަސްތީނާއި ގުޅުވާ ނަމެއް ކިޔުމަށް މިދިޔަ މޭމަހު ކައުންސިލަށް ހުށައެޅީ މޭޔަރު އާދަމް އާޒިމްއެވެ. އެ ހުށައއެޅުމާއި ޕީޕީއެމް އަށް ނިސްބަތްވާ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު ހިޔާލު ތަފާތެވެ. އެހެންނަމަވެސް މާފަންނުކޮޅުގައި އަލަށް ހެދި ގޯޅިއަށް " ފަލަސްތީނު ހިންގުން" ކިޔަން ފާސްކޮށްފައިވަނީ މިއަދު ބޭއްްވި ކައުންސިލުގެ ބައްދަލުވުމުގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގައި ސައީދާވެސް ބައިވެރިވެޑައިގަތް އެ ނަން ކިޔުމަށް ފެންނަކަމަށްް ވޯޓެ ދެއްވިއެވެ. 

" ފަލަސްތީނު ހިންގުން" ކިޔަން ނިންމާފައިވަނީ މާފަންނު މަދުރަސާގެ ފުރަގަހުން ވާގޮތަށް އޮތް ގޯޅިއަށެވެ. މީ ކުޑަކުދިންގެ މަލްޓި މީޑިއާ ލައިބްރެރީ ހުންނަތަނެވެ. މި ސަރަހައްދުން ގޯޅިއެއް ކަނޑާ މިހާރުވަނީ އާއްމުކޮށް ހުވާލާފައެވެ. އަދި އެ މަގުގައި ދުވާރު ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.  

މޭޔަރު އާޒިމް ވިދާޅުވީ މާލޭގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ނިންމީ ފަލަސްތީނު ރައްޔިތުން ވަމުދާ ގުރުބާނީގައި ބައިވެރުމާއި އެކަން ފާހަގަކުރުމުގެ ގޮތުންކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް އުއްމީދެއް ދިނުމާއި އެކު މި މަގުން ރާއްޖޭގެ ކުދި ބޮޮޑު އެންމަނަށްް ފަލަސްތީނު ރައްޔިތުންގެ ޖިހާދާއި ބެހޭ ވާހަކަތައް އަބަދަށްް އެނގިގެން ދިޔުންވެސް އާޒިމް ފާހަގަކުރެއްވިއެވެ. 

" އަޅުގަނޑުމްނެ ބޭނުންވަނީ އެތަނަށް ރަނގަޅަށްް ޒީނަތްތެރިކޮށް ޑިޒައިންކޮށް ފަލަސްތީނުގެ މި ސްޓްރަގަލް ރަމުޒުކުރެވޭ ކަހަލަ ގޮތަކަށް އެކަން ކުރަން. ތިބޭފުޅުން ހުއްދަދެއްވައި ފިނަމަ އެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާނަން." އެ ގޯޅިއަށް ނަން ކިޔަންފެނޭތޯ ވޯޓަށް އައްސަވަމުން އާޒިމް ވިދާޅުވިއެވެ.

މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ގައްޒާއަށް ދެމުން ގެންދާ އުދުވާނީ ލާއިންސާނީ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37،700 ވުރެ މައްޗަށް އަރާފައެވެ. އޭގެތެރޭގައި 25,000 ހާހެއްހާ މީހުންނަކީ އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް