ads
ބިންވެރިޔާ ސްކީމުން ބިން ލިބުނު މީހަކު ބިމާއި ހަވާލުވަނީ
ބިންވެރިޔާ ސްކީމުން ހުުޅުމާލެއިން 500ވުރެ ގިނަ ގޯތި ހަވާލުކޮށްފި
މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރީ ގޯތީތަކުން 500 ވުރެ ގިނަ ގޯތި ވެރިފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ.

ހައުސިން މނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ތެރެއިން ހުޅުމާލައިން ގޯތި ލިބުނު ފަރާތްތަކާއި ބިން ހަވާލުކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 594 ގޯތި އެ ގޯތިތަކުގެ ވެރި ފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށެވެ.

your imageބިންވެރިޔާ ސްކީމުން ބިން ލިބުނު އާއިލާއެއް އެމީހުންނަށް ލިބުނު ބިމުގައި މަޑުކޮށްލައިގެން

މިދިޔަ ސަރުކާރުން ފެށި މި ސްކީމްގެ ދަށުން އޭރު ބައެއް ބިންތައް ދޫކުރި ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެ މަސައްކަތް މަޑުޖެހުނެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރިއިރު ބައެއް ގޯތި މަގުތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހޮޅި ފަދަ ތަކަތި ހިމޭނޭ ސަރަހައްދުތަކަށް އަރާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެހެންކަމުން އެ މަގުތަކާއި ފައިޕްލައިންތައް އެހެން ދިމާތަކަށް ބަދަލުކުރަމުން އަންނަކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. 

އެޗްޑީސީގެ މިވާހަކަތަކަށް ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ ރައްދުދެއްވާފައެވެ. އަކްރަމް ވިދާޅުވީ އޭރުވެސް ބިންތައް ދޫކުރީ އެޗްޑީސީން ދިން ލޭންޑްޔޫޒް ޕްލޭނަށް ބަލައިގެންކަމަށާއި ބިމުގެ އަޑީގައި ހުރީ ކޮން އެއްޗެއްކަމެެއް މިނިސްޓްރީއަށް ނޭނގޭނެ ކަމަށެވެ.

ބިންވެރިޔާގެ ސްކީމް ދަށުން މިދިޔަ ސަރުކާރުން ހުޅުމާލެެއިން ގޯތި ދިން ބައެއް މީހުންނަށް ވަނީ ކަޑަ ޖަހާ ބިންވެސް ހަވާލުކޮށްފައެވެ. އެހެންނަމަވެސް އެތަން ތަން އިމާރާތް ކުރަން ފެށިފައެއް ނުވެެއެވެ. ސަބަބަކީ އިމާރާތްކުރަން ހުއްދަދޭނީ ހުރިހާ ބިމެއް ދޫކޮށް ނިމުންކަމަށް އެޗްޑީސީން ބުނެފައިވުމެއެވެ.  


ބިންވެރިޔާ ސްކީމްގައި ދޫކުރަން ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1096 ގޯތި، މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް