ads
މާފުށި ޖަލު: ކަރެކްޝަންސްގެ 18 މުވައްޒަފެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާ ކަމަށް ފުލުހުން ބުނޭ
ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ ދޭ ނެޓްވޯކެއް ހޯދައިފި
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރުން އެހީވާތީ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
Advertisement

މިރޭ ފުލުހުންނާއި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަން ހާމަކުރެއްވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން އިންޓެލިޖެންސް ބޭނުންކޮށްގެން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން ކަރެކްޝަންސްގެ 18 މުވައްޒަފެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެކެއްގެ އެކައުންޓަށް މިދިޔަ އަހަރު 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި 18 މީހުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ހަ ލައްކަ ރުފިޔާ ޖަމާވެފައިވެ އެވެ. މި އޮފިސަރުންގެ ތެރެއިން ހަ އޮފިސަރަކު މި އަހަރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.

"އަޅުގަނޑުމެން އިތުރަށް މިކަން ބެލިބެލުމުން ފާހަގަކުރެވުނީ މި ފައިސާ މި އެކައުންޓުތަކަށް ޖަމާވެފައި ހުރީ ޖަލުގައި މިހާރު ހައްޔަރުގައި ތިބި އަދި ކުރިންވެސް ހައްޔަރުގައި ތިބި ގައިދީންގެ އެކައުންޓުގައި ހުރި ފައިސާއިންނާއި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި މުވައްޒަފުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައި ހުރިކަން ފާހަގަކުރެވުނު،" އޭސީޕީ ޝަރީފް ވިދާޅުވި އެވެ.

މި ނެޓްވޯކް ހުއްޓުވަން މާފުށީ ޖަލުގައި ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ވެސް މިއަދު ފަށައިފަ އެވެ. މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި މުވައްޒަފުންގެ އިތުރަށް، އެ މުވައްޒަފުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި މީހުންވެސް ހޯދައި އެމީހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ކޯޓުތައް މެދުވެރިކޮށް އަޅާނެ ކަމުގައި ޝަރީފު ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް