ads
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް - ފޮޓޯ: އެމްއެމްއޭ
އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ޒިންމާ އަދާކުރާތަނެއް ނުފެނޭ: ނާޒިމް
މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ޒިންމާ އަދާކުރާތަނެއް ނުފެންނަކަމަށް ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާލުވެއްޖެއެވެ.
Advertisement

ނާޒިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ބިލް ރައްޔިތުން މަޖިލިހަށްް ހުށައެޅުއްވީ ޕީއެންސީގެ މެމްބަރު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއެވެ. 

ބިލްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ދައުލަތުން އިގްތިސާދުގެ ކަންކަން ހަމައަކަށް އަޅުވަން ކުރާ މަސައްކަތް ކުރެވޭނީ ސަރުކާރުން ކަނޑައަޅާފައިވާ ފޮލީސީގެ މަތިންކަމަށެވެ. އެހެންނަމަވެސް ދައުލަތަށް ބާރު ނުފޯރުވޭ އެހެން ހާލަތެއް އެބައޮތްކަމަށާއި އެއީ މަނިޓަރީ ޕޮލިސީ ކޮންޓްރޯލުކުރުންކަމަށެވެ. 

ނާޒިމް ވިދަޅުވީ މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ހަވާލުކުރެވީފައިވާ މަސްއޫލިއްޔަތެއް ނަމަވެސް އެ މަސްއޫލިއްޔަޔު ގަވަރުނަރު އަދާކުރާތަން ނުފެންނަކަމަށް ނާޒިމް ވިދާޅުވިއެވެ. 

" މި ސަރުކާތު ވެރިކަމާއި ހަވާލުވެގެން މިވީ 7 މަސްދުވަހުގެ ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައެއް ނުވޭ. އަދި މި މަޖިލިހަކަށްވެސް ލިބިފައެއް ނުވޭ." މަޖިލީހުގައި ނައިބު ރައީސްކަން ކުރައްވާ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަ އެހާތަނަށް ދިޔަތަނާ ވަގުތު ހަމަވެގަން މައިކުން އަޑުކަޑާލުމުން އޭނާ ދައްކަވަން އުޅުނު ވާހަކައެއްކޮށް ފުރިހަމަވެފައެއް ނުވެއެވެ. 

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ވަނަދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް