މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާއިން، އެފްއޭއެމްގެ ހިންގުން ޖައުއާ ހަވާލު ކުރީ، އެފްއޭއެމްގެ އިންތިހާބީ އެކްސްކޯގެ ދައުރު ހަމަވެ، ގާނޫނީ ހުސްކަމަކަށް އެ އިދާރާ ދިޔުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާއިން ޖައުއަށް އަންގާފައިވަނީ ހަމައެކަނި އެޑްމިނިސްޓްރޭޓިވް ކޮމިޔުނިކޭޝަންތައް ކުރިއަށް ގެންދަޔުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމް ނޯމަލައިޒްކޮށް، ފީފާއިން ވަރަށް އަވަހަށް ކޮމިޓީއަކާ ހަވާލުކުރާނެއެވެ.
ޖައުއަކީ މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން އެފްއޭއެމްގެ ޖީއެސްއެވެ. ޖައު އެ މަގާމަށް ހަމަޖެއްސީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޖަވާޒު މަގާމުން އިސްތިއުފާ ދިނުމުންނެވެ.
ފީފާއިންވަނީ އެފްއޭއެމްގެ ރައީސްކަމުގައި އެންމެ ފަހުން ހުންނެވި ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށްފައެވެ.